އާންމުކޮށް ކުރެވޭ ސުވާލުތައް

ނޭޝަނަލް އިންޓެގްރިޓި ކޮމިޝަންއަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.

  • މޯލްޑިވްސް ކަސްޓަމްސް ސަރވިސް
  • މޯލްޑިވްސް ޕޮލިސް ސަރވިސް
  • މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
  • މޯލްޑިވްސް އިމިގްރޭޝަން

ކޮމިޝަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.

  • ކޮމިޝަނުގެ ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ސަރުކާރުގެ ކަމާބެހޭ ދާއިރާއަކަށް ހުށަހަޅާފައިވާ މައްސަލައެއް ފިޔަވައި، އެކަމެއްގެ މައްޗަށް އެ މައްސަލަ ބިނާވެފައިވާ ކަންކަން ހިނގާފައިވަނީ ކޮމިޝަނުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ފަހުގެ ތާރީޚެއްގައި ކަމަށްވާނަމަ އެ މައްސަލައެއް.

  • އެކަމެއްގެ މައްޗަށް އެ މައްސަލަ ބިނާވެފައިވާ ކަންކަން ހިނގި ތާރީޚާއި އެ މައްސަލައެއް ކޮމިޝަނަށް ހުށަހެޅި ތާރީޚާއި ދެމެދު މީލާދީ ގޮތުން 02 (ދޭއް) އަހަރު ދުވަސް ފުރިހަމަނުވާނަމަ އެ މައްސަލައެއް.
  • ކޮމިޝަނުގެ ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކުރި ޢަމަލެއް؛

  • ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފަކު ކުރި ނުވަތަ ނުކޮށް ދޫކޮށްލި ކަމަކީ ކޮމިޝަނުގެ ނަޒަރުގައި އިންސާފުވެރިކަމެއް ކަމުގައި ނުވުން، ނުވަތަ އެކަމަކީ ތަފާތުކުރުމެއް ކަމުގައި ބެލެވުން؛

  • ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފަކު ތަބާވާންޖެހޭ އުޞޫލުތަކާ ޚިލާފު ކަމެއްކުރުން؛

  • ޖިނާޢީ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވުން.

  • ކޮންމެ ފަރާތަކަށްވެސް ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިދާނެއެވެ.

    ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާއިރު، އެ ޝަކުވާއެއް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ކޮންމެހެން ހާމަކުރާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ޝަކުވާ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައިނުވާނަމަ، ހުށަހަޅާ ޝަކުވާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކޮމިޝަނަށް ދަތިތަކެއް ވާނެކަން ޝަކުވާ ހުށަހަޅާ ކޮންމެ ފަރާތެއްވެސް ހަނދުމަކުރަންވާނެއެވެ.

    ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މަޢުލޫމާތަކީ ކޮމިޝަނުގެ މެންބަރުންވެސް އަދި މުވައްޒަފުންވެސް ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މަޢުލޫމާތެކެވެ. އެފަދަ މަޢުލޫމާތެއް ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތްތަކަށް ހާމަކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމައެއްނުކުރެވޭނެއެވެ.

    ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމުން އެ ޝަކުވާއަކީ އިބްތިދާޢީ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނުވަތަ އިބްތިދާޢީ ތަޙްޤީޤެއް ނުހިންގާ ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނިންމާނީ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

    އިބްތިދާޢީ ތަޙްޤީޤަކީ ހުށަހެޅިފައިވާ މައްސަލައެއްގެ ބާވަތް ދެނެގަތުމަށާއި، އެ މައްސަލައަކީ ކޮމިޝަނުން ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ކޮމިޝަނުން ހިންގާ ތަޙްޤީޤެކެވެ. މައްސަލައެއްގެ އިބްތިދާޢީ ތަޙްޤީޤެއް ކުރުމަށްފަހު، އެ މައްސަލައަކީ ކޮމިޝަނުން ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ، ނުވަތަ އެހެން މުއައްސަސާއަކަށް ތަޙްޤީޤްކުރުމަށް ފޮނުވަންޖެހޭ މައްސަލައެއްތޯ ނިންމާނީ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.

  • ކުރެވިފައިވާ ތުހުމަތަކާ ގުޅިގެން ކޮމިޝަނަށް ފެންނަގޮތާއި، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާއަކުން ޢަމަލުކުރަން ކޮމިޝަނަށް ފެންނަގޮތުގެ ލަފާ އެ އިދާރާއަކަށް ދިނުން؛

  • މައްސަލައަކާ ގުޅިގެން ޖިނަޢީ ދަޢުވާއެއް ކުރަން ކޮމިޝަނަށް ފެންނަނަމަ، އެ މައްސަލައެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން؛

  • ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގައި ޢަމަލުކުރާ ޤަވާޢިދަކަށް ނުވަތަ އުޞޫލަކަށް ބަދަލެއް ގެންނަން ކޮމިޝަނަށް ފެންނަނަމަ، އެކަމާބެހޭ ލަފާ އެ އިދާރާއަކަށް ދިނުން.

  •  

    • ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާ އަދި/ނުވަތަ 534 ވަނަ މާއްދާ އަދި/ނުވަތަ 535 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް އެފަރާތަކަށް އަދަބު ކަނޑައެޅިދާނެ ނުވަތަ؛

    • ކުރި ޢަމަލުގެ ކުޑަބޮޑު މިނަށް ބަލައި -/500 (ފައްސަތޭކަ) ރުފިޔާއާއި -/50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ.

     

  • ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާ އަދި/ނުވަތަ 534 ވަނަ މާއްދާ އަދި/ނުވަތަ 535 ވަނަ މާއްދާ އަދި/ނުވަތަ 540 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް އެފަރާތަކަށް އަދަބު ކަނޑައެޅިދާނެ ނުވަތަ؛

  • ކުރި ޢަމަލުގެ ކުޑަބޮޑު މިނަށް ބަލައި -/500 (ފައްސަތޭކަ) ރުފިޔާއާއި -/50,000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ.