އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓް

ކޮމިޝަނުގެ މައިގަނޑު ޑިޕާޓްމަންޓަކީ މި ޑިޕާޓްމަންޓެވެ. ކޮމިޝަނުގެ ޤާނޫނީ މަސްޢޫލިއްޔަތު އަދާކުރުމަކީ މި ޑިޕާޓްމަންޓްގެ ޒިންމާއެވެ. ތިރީގައި މިވަނީ، މި ޑިޕާޓްމަންޓުގެ މައިގަނޑު މަސައްކަތްތަކުގެ ކުރު ޚުލާޞާއެކެވެ.


އިންޓެލިޖަންސް އެންޑް ކޭސް އަނަލިސިސް އެންޑް މެނޭޖްމަންޓް ޔުނިޓް (އައި.ސީ.އޭ.އެމް.)

ކޮމިޝަނުގެ ތަޙުޤީޤުތަކަށް ބެނުންވާ މަޢުލޫމާތު އެއްކުރުމަކީ މި ޑިޕާޓްމަންޓުގެ މަސައްކަތެކެވެ.

އަދި، މި ޔުނިޓްގެ ކޭސް މެނޭޖްމަންޓްއިން، ކޮމިޝަނުގެ ތަޙުޤީޤުތަކަށް އެއްކުރެވިފައިވާ އެންމެހާ މައުލޫމާތުތައް ބަލަހައްޓާނެވެ.


އިންވެސްޓިގޭޝަންސް އެންޑް ލީގަލް ޔުނިޓް (އައި.އެލް.)

ކޮމިޝަނުގެ ޤާނޫނީ މަސްއޫލިއްޔަތު އަދާކުރުމަށް ކުރަންޖެހޭ ތަޙުޤީޤުތައް ކުރާނީ މި ޔުނިޓުންނެވެ. ކޮމިޝަނަށް ބޭނުންވާ ޤާނޫނީ ލަފާތައް ދިނުމާއި، ޤާނޫނީގޮތުން ކޮމިޝަން ތަމްޞީލުކުރުމާއި، ކޮމިޝަނުގެ އެންމެހާ ކަންކަން ހިނގަމުންދަނީ ހެދިފައިވާ ޤާނޫނާއި ގަވާއިދުތަކުގެ އިމުގެ ތެރެއިންކަން ކަށަވަރުކުރުމަކީވެސް މި ޔުނިޓުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭ ކަންކަމެވެ. އަދި، ކޮމިޝަނުން ހިންގާ ތަޙުޤީޤުތައް ކުރިއަށްދަނީ ޤާނޫނީ އިމުގެ ތެރެއިންކަންވެސް މި ޔުނިޓުން ކަށަވަރުކުރާނެއެވެ.