ވަޒީފާގެ ފުރުޞަތު
މަޤާމުގެ ނަން:
|
ޑައިރެކްޓަރ - އިންވެސްޓިގޭޝަންސް |
ބޭނުންވާ ޢަދަދު |
1 |
ކްލެސިފިކޭޝަން: |
ޑިރެކްޓަރ، ގްރޭޑް D1 |
އަސާސީ މުސާރަ: |
9,450/-ރ |
ނޮންޕްރެކްޓިސް އެލަވަންސް: |
އަސާސީ މުސާރައިގެ 35% |
ޓެކްނިކަލް އެލަވަންސް |
އަސާސީ މުސާރައިގެ 35% |
ޑެއިލީ ސަރވިސް އެލަވަންސް: |
ވަޒީފާއަށް ނުކުންނަ ކޮންމެ ދުވަހަކަށް 300/-ރ. |
ފޯން އެލަވަންސް: |
ދައުލަތުގެ އިދާރާތަކަށް ފޯނު އެލަވަންސް ދޭ އުސޫލުން |
މަޤާމުގެ މަސްއޫލިއްޔަތު |
ކޮމިޝަންގެ އިންވެސްޓިގޭޝަން ސެކްޝަނުގެ ހިންގައި ބެލެހެއްޓުން |
މައިގަނޑު މަސައްކަތްތައް: |
1. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ކަމާއެކު ބަލައި ތަޙްޤީޤުކުރުމާއި ކޮމިޝަނުގެ ލަފާގެމަތިން މައްސަލަތަކާގުޅޭ ރިޕޯޓް ތައްޔާރުކޮށް ކޮމިޝަނަށް ހުށައެޅުން. 2. ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، ކޮމިޝަނުން ޢަމަލުކުރަން ފެންނަ ގޮތުގެ ޤާނޫނީ ލަފާ ދިނުން. 3. ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނަށް މަޝްވަރާ ދިނުމާއި ކޮމިޝަންގެ މަސައްކަތަށް ބޭނުންވާ ޤާނޫނީ ލަފާ ދިނުން. 4. ކޮމިޝަނުންދޭ ލަފާގެ މަތިން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތް ކުރުން. 5. ކޮމިޝަނުން ބަލާ މައްސަލަތަކުގައި އެހެނިހެން މުވައްސަސާތަކުން ހޯދަންޖެހޭ ލިޔެކިޔުން އެތަން ތަނުން ހޯދުން. 6. ކޮމިޝަނުގެ މަޤްޞަދުތައް ޙާޞިލުކުރުމުގެ ގޮތުން ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ދިރާސާ ރިޕޯޓް ތައްޔާރު ކުރުން. |
|
7. ތަޙްޤީޤުކުރުމުގައި އިންވެސްޓިގޭޓަރުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ދިނުމާއި ތަޙްޤީޤުތައް ކުރިއަށް ދަނީ އަވަސްކަމާއެކުކަން ކަށަވަރުކޮށް ކޭސް ތަކުގެ ސްޓޭޓަސް ކޮމިޝަނާ ހިއްސާ ކުރުން 8. ތަޙްޤީޤުކުރެވޭ މައްސަލަތައް ކުރިއަށް ދާގޮތާއި، މައްސަލަތަކުގެ މަޢުލޫމާތާއި، ރިކޯޑް ބެލެހެއްޓުން. 9. ކޮމިޝަނުން ބަލާ މައްސަލަތަކާ ގުޅުންހުރި ލިޔުންތައް ރައްކާތެރިކަމާއި އެކު ތަރުތީބުން ފައިލްކޮށް ބެލެހެއްޓޭކަން ކަށަވަރު ކުރުން. 10. މިމަޤާމަށް ރިޕޯޓްކުރަންޖެހޭ މުވައްޒަފުން ސުޕަވައިޒްކުރުމާއި، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ދޭންޖެހޭ ލަފާއާއި އެހީތެރިކަން ދިނުމާއިއެކު އެމުވައްޒަފުންގެ ޕަރފޮމަންސް އެޕްރެއިޒަލް ހެދުން. 11. ކޮމިޝަނުން ތަރުޖަމާކުރަންޖެހޭ ލިޔެކިޔުން އިނގިރޭސިބަހުން ދިވެހިބަހަށް، އަދި ދިވެހިބަހުން އިނގިރޭސިބަހަށް ތަރުޖަމާ ކުރުން. 12. ކޮމިޝަނުގެ ފަރާތުން ޝަރުޢީ ކޯޓެއްގައި ނުވަތަ އެހެންވެސް އެފަދަ މުއައްސަސާއެއްގައި، ވަކާލާތުކުރަން ޖެހޭ ޙާލަތުގައި އެމައްސަލައެއްގައި ކޮމިޝަނުގެ ދިފާޢުގައި ވަކާލާތު ކުރުން. |
ފެންވަރު ނުވަތަ ޝަރުތު: |
· ޤާނޫނީ ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 4 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. ނުވަތަ · ޤާނޫނީ ދާއިރާ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައިއުޅެ 6 އަހަރުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލްކަން ހުރިކަން އިންޓަވިއުގައި ސާބިތުކޮށްދިނުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
ü ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ü ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް) ü ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް) ü މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (މި ސެޓްފިކެޓްތަކާއެކު ޓްރާސްކްރިޕްޓް ހުށަހަޅަންވާނެއެވެ.) ü ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ. (މަޤާމުގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް |
ލިޔުންތައް ހުށަހެޅުމުގެ ސުންގަޑި:
|
· މިމަޤާމުތަކަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2018 އޯގަސްޓް 28 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި ކޮމިޝަނަށް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ސުންގަޑީގެ ފަހުން ބަލައިނުގަނެވޭނެއެވެ. |
އިންޓަވިއުކުރުން |
· މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް: |
· މި މަޤާމަށް މުވައްޒަފަކު ހޮވޭނީ ތަޢުލީމީ ސަރޓިފިކެޓްތަކާއި މަސައްކަތާގުޅޭ ތަޖުރިބާއަށާއި އަދި އިންޓަވިއުއަށް ބަލާ އެންމެ މަތިން މާކްސް ލިބޭ ފަރާތެކެވެ. |
އިތުރު މަޢުލޫމާތު: |
· މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. · އެޕްލިކޭޝަން ފޯމް އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެއެވެ. · އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.
|
4 ޛުލްޙިއްޖާ 1439
16އޯގަސްޓް 2018
އިޢުލާން ނަންބަރ:
(IUL)462-ADHR/1/2018/06
ޕަބްލިޝްކުރި ތާރީޚް: 2018-08-16
ސުންގަޑި : 2018-08-28 12:00:00