ވަޒީފާގެ ފުރުޞަތު

މަޤާމް:

ސީނިއަރ އެކައުންޓްސް އޮފިސަރ

ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ  (MS-1)

ބޭނުންވާ އަދަދު:

01

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން / ކ. މާލެ

އަސާސީ މުސާރަ:

6,700/- ރުފިޔާ

ލިވިންގ އެލަވަންސް:

4,000/- ރުފިޔާ

ނޮންޕްރެކްޓިސް އެލަވަންސް:

އަސާސީ މުސާރައިގެ %45 (3,015/- ރުފިޔާ)

ރަސްމީ ގަޑި:

ހެނދުނު 8:00 އިން މެންދުރުފަހު 14:00 އަށް

ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:

 

·      ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނޫނު) ގައި ބަޔާންކޮށްފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައި ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

1.       މަގާމުގެ މަސައްކަތާގުޅޭ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި މަސައްކަތްކޮށް 2 އަހަރު ދުވަހުގެ މަސައްކަތުގެ  ތަޖުރިބާ ލިބިފައިވުން. ނުވަތަ

2.       މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގެ  މިފެންވަރުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. ނުވަތަ

3.       އޮފިސަރ ފެންވަރުގެ މަގާމެއްގައި 5 އަހަރު ދުވަހު މަސައްކަތްކޮށް މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ޖެހިޖެހިގެން 2 އަހަރު 85 އިން ސައްތަ މާކްސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

1.         ކޮމިޝަނުން ފައިސާ ދައްކަންޖެހޭ ފަރާތްތަކަށް ޤަވާޢިދުން ފައިސާދެއްކުމާގުޅޭ އެންމެހައި މަސައްކަތް ކުރުން.

2.         ކޮމިޝަނުން ރާއްޖޭން ބޭރަށާއި އަތޮޅުތަކަށް ކުރަންޖެހޭ ދަތުރުތަކަށް ބޭނުންވާ ފައިސާގެ އިންތިޒާމުތައް ހަމަޖެއްސުން.

3.         ސެކްޝަނުގެ ވެރިޔާގެ އިރުޝާދާ އެއްގޮތަށް، ކޮމިޝަނުގެ ބަޖެޓް ތައްޔާރުކޮށް ކަނޑައެޅިފައިވާ ދުވަހަށް ސިސްޓަމަށް އެޅުން.

4.         ކޮމިޝަނުގެ އަހަރީ ފައިނޭޝަލް ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، ކަނޑައެޅިފައިވާ ތާރީޚުތަކުގެ ކުރިން ކަމާބެހޭ އިދާރާތަކަށް ފޮނުވުން.

5.         ބަޖެޓުން ޚަރަދުކުރެވޭ ފައިސާގެ ރިޕޯޓްތައް ތައްޔާރުކޮށް، ރިކޮންސައިލްކޮށް ޤަވާއިދުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

6.         ތިޖޫރީ ރިޕޯޓް ތައްޔާރުކޮށް، ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

7.         ފައިސާ ބަލައިގަތުމާއި ޖަމާކުރުމާއި ދުވަހު ހިސާބު ތައްޔާރުކުރުން.

8.         އާމްދަނީ ރިޕޯޓްތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ ބެލެހެއްޓުން.

9.         ތިޖޫރީ ތަޅުދަނޑިއާއި ކޮމްބިނޭޝަން ރައްކާތެރިކަމާއެކު ބެލެހެއްޓުން.

10.      ޕެޓީކޭޝް ފައިސާގެ ރެކޯޑް ބެލެހެއްޓުމާއި، ފައިސާ މެނޭޖް ކުރުން.

11.    އޮޑިޓާ ގުޅިގެން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

12.    މަގާމުގެ މަސްއޫލިއްޔަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން ކަންކަން ކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް:

1.       ވަޒީފާއަށް އެދި ހުށަހަޅާ ފޯމް

2.        ކުރިމަތިލައްވާ ފަރާތުގެ ވަނަވަރު. (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް)

3.       ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. (ދެފުށުގެ ކޮޕީ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް)

4.        ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)   މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  5. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ/ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ރ)  އުވައިލައިފައިވާ ދަޢުލަތުގެ އިދާރާއެއްގައި، ނުވަތަ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ/ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ސުންގަޑި:

·   މިމަޤާމަށް ޝަރުޠު ފުރިހަމަވާ ފަރާތްތަކުން މި ކޮމިޝަނުގެ ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު 2021 މާރިޗު 28 (އާދިއްތަ) ދުވަހުގެ 14.00 ގެ ކުރިން  admin@nic.gov.mv  އަށް މެއިލް ކުރެއްވުން އެދެމެވެ.

·   ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

·   މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ވަޒީފާއަށް އެދޭ ފޯމު، މި ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

·   އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001343 ފޯނާ ގުޅުއްވުން އެދެމެވެ.

        

5 ޝައުބާން 1442

 18 މާރިޗު 2021

View on Gazette