މެންބަރ – އާމިނަތު ޝާދިޔާ

nic-president

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް އާމިނަތު ޝާދިޔާ އައްޔަނުކުރައްވާފައިވަނީ، 2020 އޮކްޓޫބަރ 26 ވަނަ ދުވަހުއެވެ. އަލްފާޟިލާ އާމިނަތު ޝާދިޔާވަނީ ސަރުކާރުގެ ތަފާތު ވުޒާރާތަކާއި ދައުލަތުގެ އިދާރާތަކާއި އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުގެ ހިންގުމުގެ ދާއިރާގައި ޖުމްލަކޮށް 15 އަހަރާށް ވުރެ ގިނަ މުއްދަތު ހޭދަ ކުރައްވާފައެވެ. އަލްފާޟިލާ އާމިނަތު ޝާދިޔާ އަކީ އޮސްޓްރޭލިއާގެ މޮނާޝް ޔުނިވަރސިޓީ އިން " މާސްޓަރ އޮފް މެނޭޖްމަންޓް" ހާޞިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފުރަތަމަ ޑިގްރީ ،ބެޗްލަރ އޮފް ސައިންސް އިން ސްޓްޓިސްޓިކްސް، ކޮމްޕިއުޓަރ ސައިންސް އެންޑް މެތަމެޓިކްސް، ހާސިލް ކުރައްވާފައިވަނީ އިންޑިއާގެ ބެންގަލޯރ ޔުނިވަރސިޓީއިންނެވެ. މީގެ އިތުރަށް އާމިނަތު ޝާދިޔާއަކީ ލީޑަރޝިޕާއި ހިންގުމުގެ ދާއިރާއިން ތަފާތު ގިނަ ތަމްރީނުތައް ރާއްޖެއާއި ރާއްޖޭން ބޭރުން ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.


ކޮމިޝަންގެ މެންބަރުން