ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ އެސެންބްލީއެއް ކޮމިޝަންގައި ބާއްވައިފި

ޝާއިޢުކުރެވުނީ: 17 އެޕްރީލް 2022

ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ޚާއްސަ އެސެންބްލީއެއް ކޮމިޝަނުގައި 14 އޭޕްރީލް 2022 ވަނަ ދުވަހު ބާއްވައިފިއެވެ.  މި އެސެންބްލީގައި ޝަރަފުވެރި މެހުމާނެއްގެ ގޮތުން މިނިސްޓަރީ އޮފް އާޓްސް،ކަލްޗަރ އެންޑް ހެރިޓޭޖްގެ މުޝީރު އޮނަރަބަލް އައްބާސް އިބްރާހިމް ބައިވެރިވެވަޑައިގެންނެވިއެވެ. 1 ގަޑިއިރަށް ކުރިއަށް ކުރިއަށް ގެންދެވުނު މި އެސެންބްލީގައި މުވައްޒަފުންގެ ފަރާތުން ދިވެހި ބަހުގެ ދުވަހާއި މެދު ޝުއޫރު ފާޅުކުރުމާއި، ދިވެހިބަހުގެ ޤަވާއިދުތަކާއި ގުޅޭގޮތުން ސުވާލުކުރުމުގެ ބައި ކުރިއަށް ގެންދެވުނެވެ . އަދި  މި ޚާއްސަ އެސެންބްލީގައި ކޮމިޝަނުގެ މެންބަރުންނާއި މުވައްޒަފުން ބައިވެރިވިއެވެ.