ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯޑެއްދޫ، ސްވެން، ޢަބްދުﷲ ރަޝީދު ނިޔާވި މައްސަލައާ ގުޅޭ ނޫސްބަޔާން

ޝާއިޢުކުރެވުނީ: 27 އޮކްޓޫބަރު 2022

 

ނޫސްބަޔާން

 

 

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ގދ. ހޯޑެއްދޫ، ސްވެން، ޢަބްދުﷲ ރަޝީދު 2022 އޮކްޓޫބަރު 25 ވަނަ ދުވަހު ނިޔާވި މައްސަލާގައި ފުލުހުންގެ އެއްވެސް އިހުމާލެއްވޭތޯ ބެލުމަށް ޤާނޫނު ނަންބަރު 2015/27 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު)ގެ 30 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން، މި ކޮމިޝަނުން އިސްނަގައިގެން ޖިނާޢީ ތަޙްޤީޤު ދަނީ ކުރަމުންނެވެ.

މި މައްސަލަ ތަޙްޤީޤު ކުރަނީ ޤާނޫނު ނަންބަރު 2016/12 (ޖިނާއީ ޢިޖުރާއަތުގެ ޤާނޫނު)ގެ 76 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ދަށުން ފުލުހުންނާ އެކީގައި ގުޅިގެން ހިންގާ ތަޙްޤީޤެއްގެ ގޮތުގައެވެ. މައްސަލައިގެ ތަޙްޤީޤް ކުރިއަށް ދާއިރު ތަޙްޤީޤުކުރުމުގައި ލީޑިންގ އިންވެސްޓިގޭޓަރގެ ދައުރު އަދާކުރާނީ މި ކޮމިޝަނުގެ ފަރާތުންނެވެ. އަދި މި ތަޙްޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ މައިގަނޑު ދައުރަކީ ކޮމިޝަނުގެ ތަޙްޤީޤަށް އެހީތެރިވެދިނުމެވެ.

އަދި ދަންނަވަމެވެ. މި މައްސަލާގައި އިންސާފަށް ވާސިލުވުމަށް މުހިންމުކަމަކަށްވާތީ ތަޙުޤީޤުގެ ބޭނުމަށް ކަނޑައެޅިފައިވާ އިޖުރާޢަތުގެ ދަށުން މަރުޙޫމް ޢަބްދުﷲ ރަޝީދުގެ ޕޯސްޓް-މޯޓަމް ހެދުމަށް ނިންމާފައިވާކަން ދެންނެވީމެވެ.
 

 

 

27 އޮކްޓޯބަރ 2022

 

 

ނޫސްބަޔާން ޑައުންލޯޑް ކުރެއްވުމަށް