ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ވެބްސައިޓް އިފްތިތާހު ކޮށްފި

ޝާއިޢުކުރެވުނީ: 12 ޑިސެންބަރު 2016

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެން.އައި.ސީ.)ގެ ވެބްސައިޓް (www.nic.gov.mv) އިފްތިތާޙުކޮށްފިއެވެ. ވެބްސައިޓް އިފްތިތާޙު ކޮށްފައިވަނީ މިއަދު ހެނދުނު 11:00 ގައި އެން.އައި.ސީ.ގައި ބޭއްވި ހަފްލާއެއްގައެވެ. ވެބްސައިޓް ހުޅުއްވައިދެއްވީ ކޮމިޝަންގެ ނައިބު ރައީސް އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދުއެވެ. މި ޙަފްލާގައި، ކޮމިޝަނުގެ ގިނަ މުވައްޒަފުންނާއި ބައެއް މީޑިއާއިން ބައިވެރިވެފައިވެއެވެ. މި ހަފްލާގައި، ކޮމިޝަނުގެ މަސައްކަތްތަކާ ބެހޭ ބައެއް މަޢުލޫމާތުތަކާއި، ކޮމިޝަނުގެ ވެބްސައިޓްއާ ގުޅޭ މަޢުލޫމާތުތައް ޙިއްޞާކުރެވި މީޑިއާގެ ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބު އަރުވާފައިވެއެވެ.