އިދިކޮޅު ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން 2017 ޖުލައި 24 ވަނަ ދުވަހު މާލޭގައި ބޭއްވުމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ މުޒާހާރާ އޮބްޒަރވްކުރުމަށް މި ކޮމިޝަނުން ނިންމައިފި.

ޝާއިޢުކުރެވުނީ: 24 ޖުލައި 2017

އާންމު ރައްޔިތުން ފުލުހުންނަށްކުރާ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމާއި، ފުލުހުންގެ ފަރާތުން ޤާނޫނާއި ޤަވާޢިދާ ޚިލާފް ޢަމަލެއް ހިނގާތޯ ބެލުމަކީ މި ކޮމިޝަނުގެ މަސްޢޫލިއްޔަތްތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަމަށްވާތީ، ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާކުރުމުގެ ގޮތުންނާއި، އެ އިދާރާގެ މުވައްޒަފުންގެ އިޚްލާޞްތެރިކަން ކުރިއަރުވައި ހަރުދަނާކޮށް، ފުލުހުންނަކީ އާންމުންގެ އިތުބާރާއި ޔަޤީންކަން ލިބިފައިވާ ބަޔަކަށް ހެދުމަށްޓަކައި، ފުލުހުންގެ ޢަމަލުތައް ބަލައި، މޮނިޓަރކޮށް ބެލެހެއްޓުމުގެ ގޮތުން އިދިކޮޅު ސިޔާސީ ޕާޓީތަކުން އިންތިޒާމްކޮށްގެން 2017 ޖުލައި 24 ވަނަ ދުވަހު (މިއަދު) މާލޭގައި ބޭއްވުމަށް މީޑިއާތަކުގައި ރިޕޯޓުކޮށްފައިވާ މުޒާހާރާ އޮބްޒަރވްކުރުމަށް މި ކޮމިޝަނުންވަނީ ނިންމާފައެވެ.