އާރޯ މައިލޯ ފުޓްސަލް މުބާރާތުގައި އެން.އައި.ސީއިން ބައިވެރިވެއްޖެ

ޝާއިޢުކުރެވުނީ: 09 އޮކްޓޫބަރު 2017

އާރޯއިން އިންތިޒާމްކޮށްގެން 2017 އޮކްޓޫބަރު 06 ވަނަ ދުވަހުން ފެށިގެން 07 ވަނަ ދުވަހު ކުރިއަށް ގެންދިޔަ ފުޓްސަލް މުބާރާތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބައިވެރިވެއްޖެއެވެ. މި މުބާރާތަކީ ދިވެހިރާއްޖޭގެ އެންމެހާ މިނިވަން މުއައްސަސާތަކުގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އިތުރުކުރުމުގެ މަޤްޞަދުގައި އާރޯގެ ފަރާތުން ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތުގެ ފިރިހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ އޮޑިޓަރ ޖެނެރަލްގެ އޮފީހުންނެވެ. އަދި އަންހެން ޑިވިޜަންގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާގެ ޔެސް ޓީވީއިންނެވެ.