މީރާއިން އެން.އައި.ސީގެ 2 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްދެއްވައިފި

ޝާއިޢުކުރެވުނީ: 09 އޮކްޓޫބަރު 2017

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ 2 ވަނަ އަހަރީ ދުވަސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2017 އޮކްޓޫބަރު 05 ވީ ބުރާސްފަތި ދުވަހު ފާހަގަކޮށްދެއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނުގެ ނައިބު ރައީސް އަލްއުސްތާޛު ޙައްސާން ޙަމީދުއެވެ. މި ފުރުޞަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދުއަށާއި، މީރާގެ އެންމެހާ މުވައްޒަފުންނަށް މި ކޮމިޝަނުގެ މެންބަރުންނާއި އެންމެހާ މުވައްޒަފުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.