ދިވެހިބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި އަތުލިޔުމުގެ މުބާރާތުން ކޮމިޝަނަށް 3 ވަނަ ލިބިއްޖެއެވެ.

Published: 29 Apr 2018



2018 ވަނަ އަހަރުގެ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ދިވެހިބަހުގެ އެކެޑަމީން އޮފީސްތަކުގެ މެދުގައި ބޭއްވި "އޮފީސްތަކުގެ 2ވަނަ އަތުލިޔުމުގެ މުބާރާތް" އިން ކޮމިޝަނަށް 3ވަނަ ލިބިއްޖެއެވެ. ކޮމިޝަނަށް އަތުލިޔުމުގެ މުބާރާތުން 3ވަނަ ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްފައިވަނީ 2018 އެޕްރީލް 26 ވަނަ ދުވަހުގެ ރޭ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި، ދިވެހި ބަހުގެ ދުވަހާއި ޤައުމީ ތާރީޚު ދުވަހުގެ ރަސްމީ ޖަލްސާގައެވެ.

ދިވެހިބަހަށާއި ދިވެހި ތާނައަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމާއި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ މަޤުޞަދުގައި ދިވެހިބަހުގެ އެކެޑަމީން ބޭއްވި އަތުލިޔުމުގެ މުބާރާތުގައި ކޮމިޝަނުގެ ފަރާތުން 5 މުވައްޒަފުން ބައިވެރިވެފައިވެއެވެ. މުބާރާތުގައި ކޮމިޝަނުގެ ފަރާތުން ބައިވެރިވި މުވައްޒަފުންގެ ތެރެއިން އެންމެ ރީތި ލިޔުމަކަށް ހޮވިފައިވަނީ ކޮމިޝަނުގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޞިލާ ޢާއިޝަތު ޒުލައިޚާގެ ލިޔުމެވެ.

މިފުރުސަތުގައި އަލްފާޞިލާ ޢާއިޝަތު ޒުލައިޚާއަށް، ކޮމިޝަނުގެ މެމްބަރުންނާއި މުވައްޒަފުންގެ ފަރާތުން އިޚްލާސްތެރި މަރްޙަބާއާއި ޝުކުރުދަންނަވަމެވެ.