މީރާއިން އެން.އައި.ސީގެ 3 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްދެއްވައިފި

Published: 07 Oct 2018

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ 3 ވަނަ އަހަރީ ދުވަސް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން 2018 އޮކްޓޫބަރު 7 ވީ އާދީއްތަ ދުވަހު ފާހަގަކޮށްދެއްވައިފިއެވެ. މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ކޮމިޝަނުގެ ރައީސް އަޙްމަދު ސުލައިމާނެވެ. މި ފުރުޞަތުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އަލްފާޟިލް ޔަޒީދު މުޙައްމަދުއަށާއި، މީރާގެ އެންމެހާ މުވައްޒަފުންނަށް މި ކޮމިޝަނުގެ މެންބަރުންނާއި އެންމެހާ މުވައްޒަފުންގެ ފަރާތުން ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.