ކޮވިޑް 19 އާއި ގުޅިގެން

Published: 17 Mar 2020

ކޮވިޑް 19 އާއި ގުޅިގެން ރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރެވިފައިވާތީ އާއި ބަލި ފެތުރުން ހުއްޓުވުމަށް ދައުލަތުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާގުޅިގެން މި ކޮމިޝަނުން ޚިދުމަތް ހޯދާ ފަރާތްތަކާއި ކޮމިޝަނުގެ މުވައްޒަފުންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްގެ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ޚިދުމަތް ދިނުމާއި ޚިދުމަތް ހޯދުމުގެ އިންތިޒާމްތަކަށް ތިރީގައިވާ ގޮތުގެ މަތިން ބަދަލު ގެނެވިފައިވާ ވާހަކަ ދަންނަވަމެވެ.

  1. ކޮމިޝަނަށް ހުށަހަޅަން ބޭނުންވާ ލިޔެކިޔުންތައް ކޮމިޝަނަށް ހާޒިރުވެ ހުށަހެޅުމުގެ ބަދަލުގައި ކޮމިޝަނުގެ ވެބްސައިޓް http://www.nic.gov.mvއަދި އީމެއިލް ,admin@nic.gov.mvމެދުވެރިކޮށް ހުށަހެޅުން.
    • ޝަކުވާ/ މައްސަލަ ހުށަހަޅުއްވުމަށް ތިރީގައިވާ ލިންކުން ފެނިވަޑައިގަންނަވާ ފޯމު ފުރުމަށްފަހު admin@nic.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.
    • ޝަކުވާ/ މައްސަލަ ހުށަހަޅާ ފޯމު: މައްސަލަހުށަހަޅާ ފޯމު | ފޯން: 3302582 ،7967329
  2. ކޮމިޝަނުން ދޫކުރާ ލިޔުންތައް އިންޓަރނެޓާއި ސޯސަޝަލް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ފޯރުކޮށްދިނުން.