މަޤްޞަދު
- ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް ބަލައި ތަޙުޤީޤުކުރުމާއި، އެފަދަ ޢަމަލެއް ހިންގައިފިކަމަށް ތުހުމަތުކުރެވިއްޖެނަމަ، އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އަދި ހުށަނޭޅިނަމަވެސް އަމިއްލައަށް އިސްނަގައިގެންވެސް އެކަމެއް ބަލައި ތަޙުޤީޤުކުރުން؛
- ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނެ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއެކު، ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ޚިދުމަތާ ބެހޭގޮތުން ޢާންމު ރައޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުން؛
ކޮމިޝަންގެ މިނިވަންކަން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ވަކި މިނިވަން މުސްތަޤިއްލު މުޢައްސަސާއެކެވެ.
- ކޮމިޝަނުގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރެވޭނީ މިނިވަން އަދި މުސްތަޤިއްލު ކަމާއެކު ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ނަޒާޙަތްތެރިކަން . ދެމެހެއްޓިގެންނެވެ.
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމިޓީއެވެ.
އެންމެ ފަހުގެ ޚަބަރާއި މަޢުލޫމާތު

ޝާއިޢުކުރެވުނީ: 27 އޮކްޓޫބަރު 2022

ޝާއިޢުކުރެވުނީ: 06 އޮކްޓޫބަރު 2022

ޝާއިޢުކުރެވުނީ: 18 އޮގަސްޓު 2022
އިޢުލާނާއި އެންގުންތައް
- ވަޒީފާގެ ފުރުޞަތު - އެޑްވޮކަސީ އޮފިސަރ ސުންގަޑި ހަމަވެފައި
- ވަޒީފާގެ ފުރުޞަތު - އެޑްވޮކަސީ އޮފިސަރ ސުންގަޑި ހަމަވެފައި
- ވަޒީފާގެ ފުރުޞަތު - ސީނިއަރ އިންސްޕެކްޝަން އޮފިސަރ ސުންގަޑި ހަމަވެފައި
- ވަޒީފާގެ ފުރުޞަތު ސުންގަޑި ހަމަވެފައި
- ސަވަރ ރޫމްއަށް ޔޫޕީއެސްއެއް ހޯދުމަށް ސުންގަޑި ހަމަވެފައި
ކޮމިޝަން މެންބަރުންގެ މެސެޖް
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މަރުހަބާ!
ކޮމިޝަން މެންބަރުންގެ ގޮތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޚިދުމަތް ކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ފަޚުރަކާއި ޝަރަފެކެވެ. ދިވެހި ރައްޔިތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މިނިވަން ކަމަށް ކުރާ އިތުބާރު، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނަޒާޙާތްތެރިކަން ކަށަވަރުކޮށްދިނުމުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ އަޒުމެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މަޤްޞަދު ހާޞިލުކުރުމަށާއި ކޮމިޝަނުގެ މިނިވަންކަމާއި، ނަޒާޙާތްތެރިކަމުގެ އުޞޫލުތައް ދެމެހެއްޓުމަށް ކޮމިޝަނުން ދޭ އިސްކަމަކީ ކޮމިޝަނުގެ މަސްޢޫލިއްޔަތުތަށް ކާމިޔާބުކަމާއެކީގައި ކޮމިޝަނުން ޔަޤީންކޮށްދޭ ކަމެކެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުރިހަމަ އިޙްތިރާމު ލިބިގެންވާ މުއައްސަސާއަކަށް ހެދުމަށްޓަކާ ކޮމިޝަނުގެ މައިގަނޑު އަސާސްތަކާއެކު މުވައްޒަފުންގެ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް މަސައްކަތް ކުރެވޭނެއެވެ.