އިދާރީ ޚިދުމަތްތަކާ ބެހޭ ޑިޕާޓްމަންޓް
އިދާރީ ޚިދުމަތްތަކާބެހޭ ޑިޕާޓްމަންޓު އެކުލެވިގެންވަނީ މައިގަނޑު ފަސް ޔުނިޓެއްގެ މައްޗަށެވެ. އެއީ އެޑްމިނިސްޓްރޭޓިވް އަދި ހިއުމަން ރިސޯރސް (އެޑްމިން އަދި އެޗް.އާރް)، ފިނޭންސް (އެފް)، އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންސް(އައި.ޓީ.ސީ) އަދި މެންބަރުންގެ ބިއުރޯ.
އިދާރީ ޚިދުމަތްތައް ޒިންމާދާރު ގޮތެއްގައި ދިނުމާއި، އެ ޚިދުމަތްތައް ދެވޭގޮތާމެދު ޖަވާބުދާރީވުން.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބާއްވާ ޙަރަކާތްތަކާއި ކޮމިޝަނުގެ ޔުނިޓުތަކަށް އިދާރީ ޚިދުމަތްތަކާ ގުޅޭގޮތުން ދޭންޖެހޭ ލަފާއާއި އެހީތެރިކަން ދިނުން.
އަދާކުރަންޖެހޭ ކަމަށް ބަޔާންކުރެވިފައިވާ މައިގަނޑު މަސްޢޫލިއްޔަތުތަކުގެ އިތުރުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ރައީސް ހަވާލުކުރައްވާ މަސްޢޫލިއްޔަތުތައް އަދާކުރުން.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އުޞޫލުތައް ތަންފީޛުކުރުމަށް އެހީތެރިވެދިނުން.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޕްރޮޖެކްޓުތަކުގެ ފެންވަރު ދެމެހެއްޓުމާއި، ކަނޑައެޅިފައިވާ ސުންގަޑިތަކަށް އެ ޕްރޮޖެކްޓްތަކުގެ މަސައްކަތް ނިންމުން ކަށަވަރުކުރުމާއެކު، މި ޕްރޮޖެކްޓްތައް ހިނގާގޮތް ބަލައި އިރުޝާދު ދިނުން.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އިތުރަށް ކުރިއެރުވުމަށްޓަކައި ކޮމިޝަނުގެ ތާރީޚާއި މަޢުލޫމާތުތައް ރައްކާތެރިކޮށް ފަހުގެ ވަޞީލަތްތަކާއެކު ބަލަންޖެހޭ ކަންތައްތައް ބެލުމަށްފަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ކުރިއެރުން ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން ކުރުމަކީ މިޑިޕާޓްމަންޓްގެ ޒިންމާއެކެވެ.
އެޑްމިނިސްޓްރޭޝަން އެންޑް ހިއުމަން ރިސޯރސް ޔުނިޓް (އޭ.އެޗް.އާރް)
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން އެންމެއެކަށީގެންވާ ގޮތެއްގައި ހިންގުމަށްޓަކާ ދޭންޖެހޭ ގިނަ ޚިދުމަތްތަކެއް ދިނުމަކީ ކޮމިޝަނުގެ އިދާރީ ޔުނިޓުގެ ޒިންމާއެކެވެ.
ހަމަޖެހިފައިވާ ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން އެންމެހާ އިދާރީ މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ.
ހިއުމަން ރިސޯސް މައްސަލަތަކުގައި ވެރިންނަށް ބޭނުންވާ ލަފާއާއި އެހީތެރިކަން ހޯދޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީވެސް މި ޔުނިޓުގެ މަސްޢޫލިއްޔަތެކެވެ. އެގޮތުން، އެޗް.އާރ ސިޔާސަތުތަކާއި، އުސޫލުތަކާއި ސްޓްރެޓަޖީތައް ކަނޑައެޅުމާއި، މުރާޖައާކުރުން ހިމެނެއެވެ.
މުއައްސަސާގެ މުސާރައިގެ އޮނިގަނޑަކީ މުވައްޒަފުންގެ އުންމީދުތަކާއި، ބާޒާރަށް އަދި، ފައިސާގެ އަގަށް އަންނަ ބަދަލުތަކާ އެކަށީގެންވާ ހުރިހާ މުވައްޒަފުންނަށްވެސް ޤަބޫލުކުރެވޭ އޮނިގަނޑަކަށް ހެދުމަށް މުސާރައިގެ އޮނިގަނޑު ބަލަހައްޓާ، މުރާޖައާކޮށް ހެދުން؛
އޮފީހަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ޤާނޫނުތަކާއި ގަވާއިދާ އެއްގޮތަށް ޢަމަލުކުރޭތޯ ބެލެހެއްޓުން؛
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބޭނުންކުރާ އިމާރާތުގެ އެންމެހާ ސަލާމަތީކަންކަން ބެލެހެއްޓުން؛
ފިނޭންސް ޔުނިޓް (އެފް)
ކޮމިޝަނުގެ ބަޖެޓް އެކުލަވައިލުން ފަދަ އެންމެހާ މާލީ ކަންކަމާ ގުޅޭގޮތުން ކޮމިޝަނުގެ ވެރިންނަށް ލަފާ އެރުވުމާއި އެހީތެރިވެދިނުމާއި، އެކަންކަމާ ގުޅޭ ލިޔެކިޔުންތައް ބެލެހެއްޓުން؛
އިންފޮމޭޝަން ޓެކްނޮލޮޖީ އެންޑް ކޮމިއުނިކޭޝަންސް ޔުނިޓް (އައި.ޓީ.ސީ)
ކޮމިޝަނުގެ އެންމެހާ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީއާ ބެހޭ މަސައްކަތްތައް ކުރިއަރުވައި ބެލެހެއްޓުމާއި، މީގެ އިތުރުން، އައި.ޓީ. އޯޑިޓް ހިންގުމަށް ބޭނުންވާ މައުލޫމޫތަތުތައް އެއްކުރުމާއި، ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކޮމިޝަނަށް ބޭނުންވާ އިންޓެލިޖަންސްގެ މަޢުލޫމާތު އެއްކުރުމުގެ އިތުރުން ޑޭޓާ އިންޓެގްރިޓީ ދެމެހެއްޓުމަށްޓަކައި އިންފޮމޭޝަން ޓެކްނޮލޮޖީ ސިސްޓަމްސްތައް ބެލެހެއްޓުން.
މެމްބަރސް ބިއުރޯ
މެންބަރުންގެ އިދާރީ އެންމެހާ ކަންކަން ބެލެހެއްޓުން.