އާންމުކޮށް ކުރެވޭ ސުވާލުތައް
ނޭޝަނަލް އިންޓެގްރިޓި ކޮމިޝަންއަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.
- މޯލްޑިވްސް ކަސްޓަމްސް ސަރވިސް
- މޯލްޑިވްސް ޕޮލިސް ސަރވިސް
- މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
- މޯލްޑިވްސް އިމިގްރޭޝަން
ކޮމިޝަން އެކުލެވިގެންވަނީ 5 (ފަހެއް) މެންބަރުންގެ މައްޗަށެވެ.
ކޮންމެ ފަރާތަކަށްވެސް ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅިދާނެއެވެ.
ކޮމިޝަނަށް ޝަކުވާއެއް ހުށަހަޅާއިރު، އެ ޝަކުވާއެއް ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ކޮންމެހެން ހާމަކުރާކަށް ނުޖެހޭނެއެވެ. އެހެންނަމަވެސް، ޝަކުވާ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ހާމަކޮށްފައިނުވާނަމަ، ހުށަހަޅާ ޝަކުވާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް ކޮމިޝަނަށް ދަތިތަކެއް ވާނެކަން ޝަކުވާ ހުށަހަޅާ ކޮންމެ ފަރާތެއްވެސް ހަނދުމަކުރަންވާނެއެވެ.
ކޮމިޝަނަށް ހުށަހެޅޭ ކޮންމެ މަޢުލޫމާތަކީ ކޮމިޝަނުގެ މެންބަރުންވެސް އަދި މުވައްޒަފުންވެސް ސިއްރުގެ ގޮތުގައި ހިފަހައްޓަންޖެހޭ މަޢުލޫމާތެކެވެ. އެފަދަ މަޢުލޫމާތެއް ޤާނޫނު ހުއްދަކުރާ ގޮތުގެމަތިން ހާމަކުރަންޖެހޭ ފަރާތްތަކަށް ހާމަކުރުން ފިޔަވައި އެއްވެސް ފަރާތަކަށް ހާމައެއްނުކުރެވޭނެއެވެ.
ކޮމިޝަނަށް ޝަކުވާއެއް ހުށަހެޅުމުން އެ ޝަކުވާއަކީ އިބްތިދާޢީ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނުވަތަ އިބްތިދާޢީ ތަޙްޤީޤެއް ނުހިންގާ ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނިންމާނީ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އިބްތިދާޢީ ތަޙްޤީޤަކީ ހުށަހެޅިފައިވާ މައްސަލައެއްގެ ބާވަތް ދެނެގަތުމަށާއި، އެ މައްސަލައަކީ ކޮމިޝަނުން ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ކޮމިޝަނުން ހިންގާ ތަޙްޤީޤެކެވެ. މައްސަލައެއްގެ އިބްތިދާޢީ ތަޙްޤީޤެއް ކުރުމަށްފަހު، އެ މައްސަލައަކީ ކޮމިޝަނުން ފުރިހަމަ ތަޙްޤީޤެއް ހިންގަންޖެހޭ މައްސަލައެއްތޯ ނުވަތަ ނޫންތޯ، ނުވަތަ އެހެން މުއައްސަސާއަކަށް ތަޙްޤީޤްކުރުމަށް ފޮނުވަންޖެހޭ މައްސަލައެއްތޯ ނިންމާނީ ކޮމިޝަނުގެ މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ މުވައްޒަފެއްގެ މައްސަލަ ކޮމިޝަނަށް ހުށަހެޅިދާނެއެވެ.
އެ މުވައްޒަފެއްގެ މައްސަލަ ކޮމިޝަނަށް ހުށަހެޅިދާނެއެވެ.
- ޤާނޫނު ނަންބަރު: 2014/9 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 533 ވަނަ މާއްދާ އަދި/ނުވަތަ 534 ވަނަ މާއްދާ އަދި/ނުވަތަ 535 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް އެފަރާތަކަށް އަދަބު ކަނޑައެޅިދާނެ ނުވަތަ؛
- ކުރި ޢަމަލުގެ ކުޑަބޮޑު މިނަށް ބަލައި -/500 (ފައްސަތޭކަ) ރުފިޔާއާއި -/50،000 (ފަންސާސްހާސް) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވިދާނެ.