ކޮމިޝަންގެ މިނިވަންކަން
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ.
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ވަކި މިނިވަން މުސްތަޤިއްލު މުޢައްސަސާއެކެވެ.
- ކޮމިޝަނުގެ މަޤްޞަދު އެންމެ ފުރިހަމަ ގޮތުގައި ޙާޞިލުކުރެވޭނީ މިނިވަން އަދި މުސްތަޤިއްލު ކަމާއެކު ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ މުވައްޒަފުންގެ ނަޒާޙަތްތެރިކަން . ދެމެހެއްޓިގެންނެވެ.
- ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން ޖަވާބުދާރީ ވާންޖެހޭ ފަރާތަކީ، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުޢައްސަސާތަކާ ބެހޭ ކޮމިޓީއެވެ.