ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުން

ޝާއިޢުކުރެވުނީ: 15 އެޕްރީލް 2018

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދިވެހި ބަހުގެ ދުވަސް ފާހަގަކޮށްފިއެވެ. ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 12 އޭޕްރީލް 2018 ވަނަ ދުވަހު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގައި ބޭއްވި ޙާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހުގެ އެކެޑެމީގެ ޑެޕިއުޓީ ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު ވަޙީދުއެވެ. މިރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނުގެ އިތުރުން ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގެ ލީޑިންގ ޓީޗަރ އަލްފާޟިލާ ނާހިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ކޮމިޝަންގެ ރައީސް އަލްފާޟިލް އަޙްމަދު ސުލައިމާން ވާހަކަފުޅު ދެއްކެވިއެވެ. އަދި، ދިވެހި ބަހުގެ ދުވަހުގެ ޚާއްޞަ މެސެޖު ދެއްވީ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފްއެވެ. އަދި، މުވައްޒަފުންގެ ޝުޢޫރު ފާޅުކޮށްދެއްވީ ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ އަލްފާޟިލާ ރަޙުމަތުﷲ މުޙައްމަދު ނަޞީރެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތަކީ ދިވެހި ބަހުގެ ދުވަސް ފާހަގަކުރުމަށް ދިވެހި ބަހުގެ އެކެޑެމީއިން ހަމަޖެއްސެވުމާ ގުޅިގެން ބޭއްވި ރަސްމިއްޔާތެކެވެ. މިއަހަރުގެ ދިވެހި ބަހުގެ ދުވަހުގެ ޝިޢާރަކީ "ދިވެހި ފޮތް ކިޔަމާ: ދަރިވަރުން، ބެލެނިވެރީން، އަހަރެމެން އެންމެން" މިއެވެ. މިރަސްމިއްޔާތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންނާއި ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެފައިވެއެވެ.