2021 އޭޕްރީލް 19 ވަނަ ދުވަހު 'އަވަސް އޮންލައިން' ނޫހުގައި "މަޑުއްވަރީ ރޭޕްގައި ފުލުހެއްގެ ބައިވެރިވުމެއް ނުފެނޭ: އެންއައިސީ" މި ސުރުޚީގެ ދަށުން ޝާއިޢު ކޮށްފައިވާ އާޓިކަލްއާ ގުޅޭގޮތުން މި ކޮމިޝަނުން ނެރޭ ނޫސް ބަޔާން 

ޝާއިޢުކުރެވުނީ: 29 އެޕްރީލް 2021

2021 އޭޕްރީލް 19 ވަނަ ދުވަހު 'އަވަސް އޮންލައިން' ނޫހުގައި "މަޑުއްވަރީ ރޭޕްގައި ފުލުހެއްގެ ބައިވެރިވުމެއް ނުފެނޭ: އެންއައިސީ" މި ސުރުޚީގެ ދަށުން ޝާއިޢު ކޮށްފައިވާ އާޓިކަލްއާ ގުޅޭގޮތުން މި ކޮމިޝަނުން ނެރޭ ނޫސް ބަޔާން .

މި ކޮމިޝަނުން ތަހްޤީޤުކުރަމުންދާ އެއްވެސް މައްސަލައެއްގައި، ވަކި ފަރާތެއްގެ ބައިވެރިވުމެއް އޮތްކަމަކަށް އަދި ނެތްކަމަކަށް ވެސް، މި ކޮމިޝަންގެ ފަރާތުން މައުލޫމާތެއް ހާމަކޮށްފައެއް ނުވާނެއެވެ. މި ކޮމިޝަންގެ މައިގަނޑު އެއް މަސައްކަތަކީ ތަޙްޤީޤުކުރުން ކަމުގައި ވާއިރު، ތަޙްޤީޤު މަރުޙަލާގައިވާ މައްސަލައެއްގައި، ގޮތެއް ކަނޑައެޅިފައިވާކަމަށް، ނުވަތަ އެކަން ދޭހަވާގޮތަށްވެސް، މިކޮމިޝަނުން މަޢޫލޫމާތު ހާމައެއް ނުކުރާނެއެވެ.

އެހެންކަމުން، މި ކޮމިޝަނުން ހާމަކޮށްފައިނުވާ މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް ކޮމިޝަނާ ގުޅޭގޮތުން އާޓިކަލްއެއް ޝާޢިޢުވެގެން ދިއުމަކީ މި ކޮމިޝަނުން ނުހަނު ކަންބޮޑުވާކަމެކެވެ. އަދި މިއީ، ކޮމިޝަނާމެދު ޢާންމުންގެ ހިތްތަކުގައި ނުރަނގަޅު ތަޞައްވުރެއް އުފެދުމަށް މަގުފަހި ވެދާނެކަމެއްކަމުގައި ވާތީ، އެކަމާމެދުވެސް މި ކޮމިޝަނުން ނުހަނު ކަންބޮޑުވެއެވެ.

ކޮމިޝަންގެ ފަރާތުން މީޑިއާއަށް މަޢުލޫމާތެއް ދޭނަމަ، މަޢުލޫމާތު ދެމުން ގެންދާނީ ކޮމިޝަންގެ މީޑިއާ އޮފިޝަލް ކަމަށާއި، މީޑިއާ އޮފިޝަލްގެ މަޢުލޫމާތު އަދި ގުޅޭނެ ފޯނު ނަންބަރު މި ކޮމިޝަންގެ ވެބްސައިޓުގައި އާއްމުކުރެވިފައި ވާނެކަމުގައި މި ފުރުޞަތުގައި ދަންނަވަމެވެ.

 

ނޫސް ބަޔާން