އިމިގްރޭޝަނުގެ މުވައްޒަފުންނަށް އެން.އައި.ސީގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ގޮތުން ޓްރެއިނިންގ އެއް ބޭއްވުން

ޝާއިޢުކުރެވުނީ: 12 ޑިސެންބަރު 2021

 

28 ނޮވެންބަރު 2021 ވަނަ ދުވަހު، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފަރާތުން މޯލްޑިވްސް އިމިގްރޭޝަނުގެ މުވައްޒަފުންނަށް ހޭލުންތެރިކުރުމުގެ ޓްރެއިނިންގ ސެޝަންއެއް ބޭއްވުނެވެ. މި ޓްރެއިނިންގ ސެޝަނުގެ މައިގަނޑު މަޤުސަދަކީ މޯލްޑިވްސް އިމިގްރޭޝަން ގެ މުވައްޒަފުންގެ މެދުގައި ކޮމިޝަނުގެ ޤާނޫނަށް ހޭލުންތެރިކަން އިތުރުކުރުމާއި މޯލްޑިވްސް އިމިގްރޭޝަން ގެ ފަރާތުން އާންމުނަށް ފޯރުކޮށްދޭ ޙިދުމަތަކީ ނަޒާޙަތްތެރިކަމާއި ޓްރާންސްޕޭރެންސީ އެކުލެވިގެންވާ ޙިދުމަތްތަކަކަށް ހެދުމަށް ބާރުއެޅުމާއި ބެސްޓް ޕްރެކްޓިސްތަކަކީ ކޮބައިކަން ދެނެގަތުމެވެ. މި ޓްރެއިނިންގ ފެސިލިޓޭޓް ކޮށްދެއްވީ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލް، ޢަބްދުލް ޢަޒީޒް ޔޫސުފެވެ.