ކޮމިޝަނުގެ މުވައްޒަފުންނަށް "ޔޫޒް އޮފް ފޯސް" އާ ގުޅޭ ތަމްރީނެއް ހިންގައިފި

ޝާއިޢުކުރެވުނީ: 21 މާރިޗު 2022

ދިވެހި ފުލުހުންގެ ޚިދުމަތުގައި "ޔޫޒް އޮފް ފޯސް" ބޭނުންކުރުމާ ގުޅޭ ތަމްރީން ޕްރޮގްރާމެއް ކޮމިޝަންގެ މުވައްޒަފުންނަށާއި މެންބަރުންނަށް އަމާޒުކޮށްގެން ހިންގައިފިއެވެ.

ދިވެހި ފުލުހުންގެ ޚިދްމަތުގެ ކަމާބެހޭ ފަންނީ މުވައްޒަފުން ހިންގަވައިދެއްވި މި ތަމްރީނު ޙަރަކާތް ކުރިއަށް ގެންދެވިފައިވަނީ 10 މާރިޗު 2022 ވީ ބުރާސްފަތިދުވަހު އިސްކަންދަރުކޮށީގައެވެ.

ކޮމިޝަން އެދުމަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެފަރާތުން ހިންގަވައިދެއްވި މިޕްރޮގްރާމުގައި ކޮމިޝަނުގެ މުވައްޒަފުންގެ އިތުރުށް ކޮމިޝަނުގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ. 4 ގަޑިއިރުގެ މި ތަމްރީނުގައި، ޔޫޒް އޮފް ފޯސްގެ ބެސްޓް ޕްރެކްޓިސްތަކާގުޅޭ ތިއަރީއާއި އަދި އަމަލީގޮތުން މިތަކެތި ބޭނުންކުރެވޭގޮތް ތަފްސީލްކޮށް ކިޔައިދެއްވިއެވެ.