ކޮމިޝަނުގެ މުވައްޒަފުންނަށް "ބޮޑީ ވޯން ކެމެރާ" ބޭނުންކުރާ ގޮތުގެ މައުލޫމާތު ޝެޝަނެއް ބާއްވައިފި

ޝާއިޢުކުރެވުނީ: 21 މާރިޗު 2022

ދިވެހި ފުލުހުންގެ ޚިދްމަތުން ބޮޑީ ވޯން ކެމެރާ ބޭނުންކުރަން ފަށައިފައިވާތީ، އެކަމާގުޅޭގޮތުން، ކޮމިޝަނުގެ މުވައްޒަފުންނަށް އަމާޒުކޮށް މައުލޫމާތު ދިނުމުގެ ސެޝަނެއް 13 މާރިޗު 2022 ގައި ބާއްވައިފިއެވެ.

މިސެޝަނަކީ، ކޮމިޝަނުގެ އެދުމަކަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ، ކަމާގުޅޭ ބޭފުޅުން ކޮމިޝަނަށް ވަޑައިގެން ނަންގަވައިދެއްވި ސެޝަނެކެވެ.

މި ސެޝަންގައި، ބޮޑީވޯން ކެމެރާ ބޭނުންކުރާ ގޮތާއި، ހާލަތާއި، ކެމެރާ ބޭނުން ކުރަން ފެށުމުން ލިބިގެންދާނެ ފައިދާތަކާގުޅޭގޮތުން މައުލޫމާތު ދެއްވިއެވެ. 1 ގަޑިއިރަށް ކުރިއަށް ގެންދެވުނު މި ސެޝަނުގައި، ކޮމިޝަނުގެ މެންބަރުންނާއި، މުވައްޒަފުން ބައިވެރިވިއެވެ.