ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ 7 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ހަރަކާތްތަކެއް 6 އޮކްޓޫބަރު 2022 ގައި ވަނީ ކުރިޔަށް ގެންދެވިފައި

ޝާއިޢުކުރެވުނީ: 06 އޮކްޓޫބަރު 2022

ނޭޝަނަލް  އިންޓެގްރިޓީ  ކޮމިޝަންގެ  7  ވަނަ  އަހަރީ  ދުވަސް  ފާހަގަ  ކުރުމުގެ  ހަރަކާތްތަކެއް  6  އޮކްޓޫބަރު  2022 ގައި ވަނީ  ކުރިޔަށް  ގެންދެވިފައެވެ.

 

 

މި  ހަރަކާތްތަކުގެ  ތެރޭގައި  ސިވިލް  ސަރވިސް  ޓްރެއިނިންގ  އިންސްޓިޓިއުޓް  މެދުވެރިކޮށް ކޮމިޝަންގެ  މުވައްޒަފުންނަށް  ޓީމް  ބިލްޑިންގ  ސެޝަން  އެއް  ކުރިޔަށް  ގެންދިއުމާއި،  ޕްރޮފެޝަނަލް.  ޑިވެލޮޕްމަންޓް  ސެޝަން  އެއް  ޕްރެސިކިއުޓަރ  ޖެނެރަލް  އަލް  އުސްތާޛު  ޙުސައިން  ޝަމީމް  ވަނީ  ނަންގަވައިދެއްވާފައެވެ.  އަދި  ދުވަހުގެ  ހަރަކާތްތަކުގެ  ތެރެއިން ކޮމިޝަންގެ  އައު ވެބްސައިޓް  ލޯންޗް  ކުރުން  ވެސް  ވަނީ  ކުރިޔަށް  ގެންގެވިފައެވެ.