ކޮމިޝަންގެ ރައީސް ކަމަށް އަލްފާޟީލް ޔޫސުފް މާނިޢު މުޙައްމަދު ހަމަޖެއްސެވުން

ޝާއިޢުކުރެވުނީ: 19 ޑިސެންބަރު 2016

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަމަށް އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދު ހަމަޖައްސަވައިފިއެވެ. އެކަން ކޮމިޝަނަށް އަންގަވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޝަނަށް މިއަދު ފޮނުއްވި ސިޓީއެއްގައެވެ. އެ ސިޓީގައި، ކޮމިޝަނުގެ ރައީސް ކަމަށް ކޮމިޝަނުގެ ނައިބު ރައީސްކަމުގައި ހުންނެވި އަލްފާޟިލް ޔޫސުފް މާނިޢު މުޙައްމަދު އައްޔަންކުރެއްވި ކަމަށް ދަންނަވައިފައި ވެއެވެ.