ކޮމިޝަނުގެ ތަޙްޤީޤް ޓީމެއް ގއ. އަތޮޅަށް ދަތުރުކޮށްފި

ޝާއިޢުކުރެވުނީ: 14 ނޮވެންބަރު 2017

ކޮމިޝަނުން ތަޙްޤީޤްކުރާ ބައެއް މައްސަލަތަކާ ގުޅިގެން ކޮމިޝަނުގެ ތަޙްޤީޤް ޓީމެއް 2017 ނޮވެމްބަރު 13 ވަނަ ދުވަހު ގއ. އަތޮޅަށް ޒިޔާރަތް ކޮށްފިއެވެ. މި ދަތުރުގައި ކޮމިޝަނުގެ ފަރާތުން ދަތުރުކުރަން ހަމަޖެހިފައިވަނީ ގއ. އަތޮޅުގެ 03 ރަށަކަށެވެ. އެގޮތުން މި ދަތުރުގައި ގއ. ވިލިނގިލި، ގއ. މާމެންދޫ އަދި ގއ. ދާންދޫއަށް ކޮމިޝަނުގެ ފަރާތުން ދަތުރުކުރުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުގައި ކޮމިޝަނުގެ 02 އިންވެސްޓިގޭޓަރުންނާއި، ކޮމިޝަނުގެ އިންވެސްޓިގޭޝަން އެންޑް ލީގަލް ޑިޕާޓްމަންޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއް ބައިވެރިވެފައިވެއެވެ. މި ދަތުރަކީ ކޮމިޝަނުގެ ފަރާތުން 2017 ވަނަ އަހަރު އަތޮޅުތަކަށް ކުރުމަށް ހަމަޖެހިފައިވާ އެންމެ ފަހު ދަތުރެވެ.