ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފަހާގަ ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން އެން.އައި.ސީގެ އަންހެން މުވައްޒަފުންނަށް ހަނދާނީ ފިލައެއް އަރުވައިފި

ޝާއިޢުކުރެވުނީ: 08 މާރިޗު 2018

ބައިނަލް އަގްވާމީ އަންހެނުންގެ ދުވަސް ފަހާގަ ކުރުމުގެ ގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްގެ ފަރާތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ އަންހެން މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކޮށް ހަނދާނީ ފިލައެއް ދެއްވައިފިއެވެ. މި ހަނދާނީ ފިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގައެވެ. ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްގެ ފަރާތުން ހަނދާނީ ފިލާ ޙަވާލުކޮށްދެއްވީ އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުންނާއި އަންހެން މުވައްޒަފުންވެސް ބައިވެރިވެ ވަޑައިގަތް މި ރަސްމިއްޔާތުގައި ކޮމިޝަނުގެ އަންހެން މުވައްޒަފުންގެ ފަރާތުން ހަނދާނީ ފިލައާއި ޙަވާލުވެ ވަޑައިގަތީ ކޮމިޝަނުގެ މެންބަރުންގެ ތެރޭގައި ހުންނެވި ހަމައެކަނި އަންހެން މެންބަރު، އަލްއުސްތާޛާ ޚަދީޖާ ޢަބްދުﷲ އެވެ.