ކޮމިޝަނަށް ސާވަރއެއް ހޯދުމާބެހޭ


އަންދާސީހިސާބު ބޭނުންވެއްޖެ

ކޮމިޝަނަށް ސާވަރއެއް ހޯދުމާބެހޭ:

މި ކޮމިޝަނަށް ސާވަރއެއް ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުގައި މިކޮމިޝަނަށް (ހުރަވީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާގެ ހުޅަނގުބައި) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

2016 އޮގަސްޓު 4 ވަނަ ދުވަހުގެ 13:00 އަށް

2016 އޮގަސްޓު 11 ވަނަ ދުވަހުގެ 13:00 އަށް

2016 އޮގަސްޓު 11 ވާ އަންގާރަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ ބިޑު ނުވަތަ ބިޑުން ބައެއް ވިޔަސް ބަލައި ނުގަނެވޭނެއެވެ. އަދި، މަޢުލޫމާތު ސާފުކުރަން ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބިޑުވެސް ބަލައެއްނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

  • ފޯން: 3302582
  • އީމެއިލް: admin@nic.gov.mv

15 ޝައްވާލް 1437

20 ޖުލައި 2016