ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ކޮމިޝަންގެ ތާރީޚް

ކޮމިޝަންގެ ތާރީޚް

ކޮމިޝަން އުފެއްދުން:

މިއީ ދިވެހިރާއްޖޭގައި ހިންގަމުންދާ ޤާނޫނު ތަންފީޛުކުރާ އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކާއި އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ އިދާރާތަކާގުޅޭ މައްސަލަތައް ބަލާނެ އެންމެހައި އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައަޅައި، އެފަދަ މައްސަލަތަކާ ގުޅޭގޮތުން ފިޔަވަޅުއެޅުމާބެހޭ ކަންކަން ތަންޒީމުކުރުމަށްޓަކައި އުފައްދާފައިވާ ކޮމިޝަނެކެވެ. މި ކޮމިޝަނުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، މަސައްކަތުގެ ދާއިރާއާއި، އެ ކޮމިޝަންގެ މެންބަރުންގެ ޝަރުޠުތަކާއި ސުލޫކީ ހަމަތަކާއި، އެ ކޮމިޝަން ހިންގާނެގޮތުގެ އުސޫލުތަކާއި އެ ކޮމިޝަންގެ ވާޖިބުތައް އަދާކުރާނެގޮތުގެ އުސޫލުތައް ބަޔާންކުރުމާއެކު، ކަމާގުޅޭ އެހެން އުސޫލުތައް ބަޔާން ކޮށްފައިވާނީ ޤާނޫނު ނަންބަރު 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) އިންނެވެ