ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

މެންބަރުން ކޮމިޝަން މެންބަރުންގެ މެސެޖް

ކޮމިޝަން މެންބަރުންގެ މެސެޖް

23 ފެބުރުވަރީ 2022

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މަރުހަބާ!

ކޮމިޝަން މެންބަރުންގެ ގޮތުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޚިދުމަތް ކޮށްދިނުމަކީ އަޅުގަނޑުމެންނަށް ލިބިގެންވާ ފަޚުރަކާއި ޝަރަފެކެވެ. ދިވެހި ރައްޔިތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މިނިވަން ކަމަށް ކުރާ އިތުބާރު، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ނަޒާޙާތްތެރިކަން ކަށަވަރުކޮށްދިނުމުގައި މަސައްކަތްކުރުމަކީ އަޅުގަނޑުމެންގެ އަޒުމެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މަޤްޞަދު ހާޞިލުކުރުމަށާއި ކޮމިޝަނުގެ މިނިވަންކަމާއި، ނަޒާޙާތްތެރިކަމުގެ އުޞޫލުތައް ދެމެހެއްޓުމަށް ކޮމިޝަނުން ދޭ އިސްކަމަކީ ކޮމިޝަނުގެ މަސްޢޫލިއްޔަތުތަށް ކާމިޔާބުކަމާއެކީގައި ކޮމިޝަނުން ޔަޤީންކޮށްދޭ ކަމެކެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަކީ ފުރިހަމަ އިޙްތިރާމު ލިބިގެންވާ މުއައްސަސާއަކަށް ހެދުމަށްޓަކާ ކޮމިޝަނުގެ މައިގަނޑު އަސާސްތަކާއެކު މުވައްޒަފުންގެ ޤާބިލުކަމާއި، މަސައްކަތުގެ ފެންވަރު ދެމެހެއްޓުމަށް މަސައްކަތް ކުރެވޭނެއެވެ.

އަޅުގަނޑުމެންގެ ފަންނީ ޓީމުން ތަޙުޤީޤުތައް ހިންގުމަށްފަހު ރިޕޯޓުތައް ޙިއްޞާކުރާއިރު، އަޅުގަނޑުމެންގެ ލަނޑުދަނޑިއަކީ ދިވެހި ރައްޔިތުން އުއްމީދުކުރާ ފަދައިން ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގައި މަސައްކަތްކުރާ ހުރިހާ ފަންތިއެއްގެ މުވައްޒަފުންގެ ނަޒާޙާތްތެރިކަން ދަމަހައްޓައި، އެކަން ކަށަވަރުކުރުމެވެ.

~ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މެންބަރުން ~