EN

ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ޚަބަރު

ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީން ކާނާ ވިހަވި މައްސަލަ ކޮމިޝަނުން އިސްނަގައިގެން ބަލަން ފެށުން

2025 ފެބުރުވަރީ 22 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި، މޯލްޑިވްސް އިމިގްރޭޝަންގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީން ކާނާ ވިހަވި ހާދިސާގެ މަޢުލޫމާތު ކޮމިޝަނަށް ލިބުމުން، ކޮމިޝަނުގެ ކުއްލި ޙާލަތްތަކުގައި އިޖާބަދޭ ޓީމް (އާރް.އާރް.ޓީ) އިން ހާދިސާ ހިނގިތަނަށް ދިއުމަށްފަހު ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަލާ، މޯލްޑިވްސް އިމިގްރޭޝަންގެ ހުޅުމާލޭ ޑިޓެންޝަން ސެންޓަރުގައި ބަންދުގައި ތިބި ބިދޭސީން ކާނާ ވިހަވި މައްސަލަ، ޤާނޫނު ނަންބަރު: 27/2015 (ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނު) ގެ 37 ވަނަ މާއްދާގެ ދަށުން ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތީން ތަޙްޤީޤު ކުރުމަށް 2025 މާރިޗު 05 ވަނަ ދުވަހު ކޮމިޝަނުން ނިންމާފައިވެއެވެ.  

ފިިލްޓަރކުރުމަށް: