އިންޓެގްރިޓީ ޑޭ 2026 – ލޭ ހަދިޔާކުރުން
މިއަހަރުގެ ގްލޯބަލް އިންޓެގްރިޓީ ޑޭ ފާހަގަ ކުރުމުގެ ގޮތުން ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން އިސްނަގައިގެން ލޭހަދިޔާކުރުމުގެ ޙަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ. މޯލްޑިވިއަން ބްލަޑް ސަރވިސްއާއި ކޮމިޝަން ގުޅިގެން ކުރިއަށް ގެންދިޔަ މިޙަރަކާތް އޮތީ 15 ޖޫން 2026 ގައެވެ. މިޙަރަކާތުގައި ކޮމިޝަންގެ އިސް މަޤާމުތަކުގައި މަސައްކަތްކުރައްވާ ބޭފުޅުންނާއި މުވައްޒަފުން ބައިވެރިވެ، ލޭ ހަދިޔާކޮށްފައި ވެއެވެ.
މި ޙަރަކާތް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ، މުޖުތަމައުގައި ލޭ ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީގެން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ފަރާތުން އިޖުތިމާޢީ ޙަރަކާތްތަކުގައި ބައިވެރިވުމެވެ.