ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ކޮމިޝަނުގައި އެކުލަވާލެވިފައިވާ ކޮމިޓީތައް

ކޮމިޝަނުގައި އެކުލަވާލެވިފައިވާ ކޮމިޓީތައް އަދާހަމަކުރެވިފައި: 27 ފެބުރުވަރީ 2024

ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ މުވައްޒަފުންގެ ޤަވާއިދު ތަންފީޒުކުރުމަށާއި ކޮމިޝަނުން ދެވޭ ޚިދުމަތް ރަގަޅުކުރުމުގެ ގޮތުން، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުންކުރާ މަސައްކަތްތަކަށް އެހީތެރިވެދިނުމަށް ކޮމިޝަނުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް (އެޗް.އާރު.އެމް.ޑީ.) ކޮމިޓީއިން ކޮމިޝަނުގެ މުވައްޒަފުންގެ ޤަވާއިދުގެ ދަށުން މުވައްޒަފުންނާ ގުޅޭ ގޮތުން ބެލުމަށް ނިންމާ ޝަކުވާތައް ބަލައި ޝަކުވާތަކާ ގުޅިގެން ގޮތެއް ނިންމައި އެކަން ތންފީޒުކުރުމަށް ކޮމިޝަނަށް ލަފާދިނުން.

  1. 1. ނަފްޙާ ޙުސެއިން (ޗެއަރ)، ސެކްރެޓަރީ ޖެނެރަލް
  2. 2. ޢަބްދުލް ޢަޒީޒް ޔޫސުފް (ވައިސް ޗެއަރ)، ޑިރެކްޓަރ ޖެނެރަލް، ޕްރިވެންޝަން އެންޑް އެވެއަރނަސް
  3. 3. ޑިރެކްޓަރ، އިންވެސްޓިގޭޝަން
  4. 4. އާދަމް ތަޙުސީން، ސިސްޓަމް އެޑްމިނިސްޓްރޭޓަރ، އައި.ޓީ
  5. 5. ޝިފާޒް އަލީ، ސ. އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަންސް އެންޑް ލީގަލް
  6. 6. މަރްޔަމް މިފާޒާ ޢަލީ، ސީނިއަރ އެޗް.އާރް އޮފިސަރ، ހިއުމަންރިސޯސް ސެކްޝަން
  7. 7. އާއިޝަތު ޒުލައިޚާ، ސ. އެޑްމިން އޮފިސަރ، އެޑްމިނިސްޓްރޭޝަން


ބިޑު ކޮމިޓީ

މިކޮމިޓީގެ މަސްއޫލިއްޔަތަކީ، ގަވާއިދު ނަންބަރު 2017/R-20 (ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު) ގެ

10.13 ގެ ދަށުން ދައުލަތުގެ އޮފީސްތަކުން ކުރާ ޕްރޮކިއުމަންޓް މަސައްކަތްތަކުގެ ތެރެއިން ދައުލަތުގެ އޮފީސްތަކުގެ ބިޑު ކޮމިޓީތަކުން ހުއްދަ ދޭންޖެހޭ ޕްރޮކިއުމަންޓް މަސައްކަތްތަކަށް ހުއްދަ ދިނުމާއި، ބިޑްކޮމިޓީން އެވޯޑްކޮށްފައިވާ މަސައްކަތްތަކާ ގުޅިގެން ހަދާ އެއްބަސްވުންތަކަށް އުނި އިތުރުގެނައުމަށް ހުއްދަ ދިނުމެވެ.

  1. 1. ބަދުއްރިއްޔާ މޫސާ، (ޗެއަރ) ޑިރެކްޓަރ، ހިއުމަން ރިސޯސް ސެކްޝަން
  2. 2. ނަފްޙާ ހުސެއިން، (ވައިސް ޗެއަރ)، ސެކްރެޓަރީ ޖެނެރަލް
  3. 3. ރިފްޢާ ޙަސަން، ސީނިއަރ އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަންސް
  4. 4. އަފްރާސީމް އިބްރާހީމް، ސީނިއަރ އައިޓީ އޮފިސަރ، އައި.ސީ.ޓީ
  1. 5. -


ޖެންޑަރ އިކުއަލިޓީ ކޮމިޓީ

މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޤާނޫނު ނަންބަރު 18/2016 (ޖެންޑަރ އީކުއަލިޓީ ޤާނޫނޫ) ގެ ދަށުން، ވަޒީފާ ދޭ ފަރާތާ މެދު ޝަކުވާ ހުށަހެޅުމުގެ އުސޫލުގެ ދަށުން ހުށަހަޅާ ޝަކުވާތައް ބަލާގޮތްނިންމާ ކަމާގުޅޭ ފަރާތްތަކަށް ހުށަހެޅުމެވެ.

  1. 1. އައިޝަތު ޢަބްދުﷲ ހަމީދު، (ލީޑް) ސީނިއަރ އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް
  2. 2. މުޙައްމަދު އަޙްމަދު ސަޢީދު، ސީނިއަރ އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް
  3. 3. ފާތިމަތު ޒައީމާ، އެސިސްޓަންޓް ޑިރެކްޓަރ، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް


ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ކޮމިޓީ

މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޤާނޫނު ނަންބަރު 2014/16 "ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ޤާނޫނު"

ގެ ދަށުން ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުމާއި ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައި ތަޙްޤީޤްކޮށް ފިޔަވަޅު އެޅުމެވެ.

  1. 1. ނަފްޙާ ޙުސައިން، (ލީޑް) ސެކްރެޓަރީ ޖެނެރަލް
  2. 2. ހުސެއިން ސިމާހު، ސ. އެކައުންޓްސް އޮފިސަރ، ފައިނޭންސް
  3. 3. ޙައްވާ މައިޝާ އިބްރާހީމް، އެސިސްޓެންޓް އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް


މުރާޖަޢާ ކޮމިޓީ

ޤާނޫނު ނަންބަރު 2014/1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން ހަމަޖައްސާ އިންފޮމޭޝަން އޮފިސަރގެ ނިންމުމަކާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުން ހުށަހަޅާ ޝަކުވާތައް ބަލާ މުރާޖަޢާކޮށް ފިޔަވަޅުއެޅުން.

  1. 1.  (ޗެއަރ) ޑިރެކްޓަރ، އިންވެސްޓިގޭޝަންސް
  1. 2. -
  2. 3. -

 

ކޮމްޕްލެއިންސް ކޮމިޓީ

މިއީ، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނުގެ 25 ވަނަ މާއްދާގެ (ހ) ދަށުން އެ ޤާނޫނުގެ 2 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދުތައް ޙާޞިލްކުރުމަށްޓަކައި އެކުލަވާލާ ކޮމިޓީއެކެވެ. މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާޢި ޝަކުވާތައް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމު ކުރުމާއި، ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ބާވަތް ދެނެގަތުމާއި، ޤާނޫނު ނަންބަރު 205/27 "ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ޤާނޫނު" ގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މައްސަލަ ދެނެގަތުމަށްޓަކައި އިބްތިދާއީ ތަޙްޤީޤުކުރުމާއި، މައްސަލަތަކާ ގުޅޭ ފިޔަވަޅުތައް މައްސަލަ ހުށަހޅާ ފަރާތާ ހިއްސާކުރުމެވެ.

  1. 1. (ވައިސް ޗެއަރ)، ޑިރެކްޓަރ އިންވެސްޓިގޭޝަން
  2. 2. ބަދުރިއްޔާ މޫސާ، ޑިރެކްޓަރ، އެޗް.އާރް
  3. 3. ސީނިއަރ އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް
  4. 4. މަޖްދު ރަޝީދު، ސީނިއަރ އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް
  5. 5. އާއިޝަތު ރަޝީދާ ، އެޑްމިނިސްޓްރޭޓިވް އޮފިސަރ، ކޭސްމެނޭޖްމަންޓްގެ މަސައްކަތް ހަވާކޮށްފައިވާ މުވައްޒަފު
  6. 6. އާމިނަތު ޝިޒްލާ، އެޑްމިނިސްޓްރޭޓިވް އޮފިސަރ، ކޭސްމެނޭޖްމަންޓްގެ މަސައްކަތް ހަވާކޮށްފައިވާ މުވައްޒަފު


ވިސްލްބްލޯވަރ ޕްރޮޓެކްޝަން ކޮމިޓީ

މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޤާނޫނު ނަންބަރު 2019/16 "ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރިކުރުމުގެ ޤާނޫނު" ގައި ނޭދެވޭ ޢަމަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ފަދަ ކަމަކާ ގުޅޭ މަޢުލޫމާތު ހުށަހެޅުމުގައި، ނުވަތަ ވިސްލްބްލޯކުރުމުގައި، ޢަމަލުކުރާނެ އުސޫލުތަކަށް އަމަލުކުރޭތޯ ދެނެގަތުމާއި،

ވިސްލްބްލޯކުރާ ފަރާތަށް ލިބިދޭންޖެހޭ ރައްކާތެރިކަމާއި، ވިސްލްބްލޯކޮށްގެން މަޢުލޫމާތު ހުށަހެޅުމުން މަޢުލޫމާތު ބަލައިގަންނަ ފަރާތްތަކުން ޢަމަލުކުރަންޖެހޭ އުސޫލުތަކާއި، ނޭދެވޭ ޢަމަލުތައް ހުއްޓުވައި، ދެފުށް ފެންނަ ޖަވާބުދާރީވަނިވި، ނަޒާހަތްތެރި ޘަޤާފަތެއް އަށަގެންނެވުމަށް ބޭނުންވާނެ އެހެނިހެން އުސޫލުތަކާ އެއްގޮތަށް އަމަލުކުރެތޯ ދެނެގަނެ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމެވެ.

  1. 1. ބަދުރިއްޔާ މޫސާ، ޑިރެކްޓަރ، ހިއުމަން ރިސޯސް ސެކްޝަން
  2. 2. އަފްރާސީމް އިބްރާހީމް، ސީނިއަރ އައިޓީ އޮފިސަރ، އައި.ސީ.ޓީ
  3. 3. މަޖުދު ރަޝީދު، ސީނިއަރ އިންވެސްޓިގޭޓަރ، އިންވެސްޓިގޭޝަން އެންޑް ލީގަލް