EN

ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ޚަބަރު ނޭޝަނަލް ރިސަރޗް ގްރާންޓް ގެ އެހީގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް...

ނޭޝަނަލް ރިސަރޗް ގްރާންޓް ގެ އެހީގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކޮމިޝަނުން ނިންމައިފި

image: PSM

ޝާއިޢުކުރި ތާރީޚް: 25 ޖޫން 2026

ޤައުމީ ދިރާސާ ފަންޑުގެ އެހީއަށް އެދި ހުށަހެޅުމަށް ޤައުމީ ޔުނިވަރސިޓީން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބެލުމަށްފަހު ފަންޑު ދޭން ނިންމީ 11 ފަރާތުގެ ތެރޭގައި ކޮމިޝަނުން ދިރާސާ ކުރުމަށް ހުށަހެޅި "ޕަބްލިކް ޕަރސެޕްޝަން ޓުވާރޑްސް ދި އިންޓެގްރިޓީ އޮފް މޯލްޑިވްސް ޕޮލިސް ސަރވިސް" ދިރާސާ، ހިމެނި، ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އެ ދިރާސާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ ކޮމިޝަނުގެ އިޚްތިޞާޞް ހިނގާ ދާއިރާތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތާމެދު އާންމުންގެ އިތުބާރާއި ޔަޤީންކަން އޮތް މިންވަރު ދެނެގަނެ، އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރަންޖެހޭ ކަންކަން މި ދިރާސާގެ އަލީގައި ދެނެގަތުމެވެ. މި ދިރާސާގެ އަލީގައި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާތަކަކީ ހާމަކަންބޮޑު، ނަޒާހާތްތެރިކަމާއި އާންމުންގެ އިތުބާރު އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރިޔަށް ގެންދާ މި ދިރާސާގެ މަސައްކަތްތައް މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ.