EN

ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ޚަބަރު

ނޭޝަނަލް ރިސަރޗް ގްރާންޓް ގެ އެހީގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ގުޅިގެން ދިރާސާއެއް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ކޮމިޝަނުން ނިންމައިފި

ޤައުމީ ދިރާސާ ފަންޑުގެ އެހީއަށް އެދި ހުށަހެޅުމަށް ޤައުމީ ޔުނިވަރސިޓީން ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކުގެ ޕްރޮޕޯސަލްތައް ބެލުމަށްފަހު ފަންޑު ދޭން ނިންމީ 11 ފަރާތުގެ ތެރޭގައި ކޮމިޝަނުން ދިރާސާ ކުރުމަށް ހުށަހެޅި "ޕަބްލިކް ޕަރސެޕްޝަން ޓުވާރޑްސް ދި އިންޓެގްރިޓީ އޮފް މޯލްޑިވްސް ޕޮލިސް ސަރވިސް" ދިރާސާ، ހިމެނި، ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން އެ ދިރާސާ ކުރިޔަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ. މި ދިރާސާގެ މައިގަނޑު މަޤުޞަދަކީ ކޮމިޝަނުގެ އިޚްތިޞާޞް ހިނގާ ދާއިރާތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތާމެދު އާންމުންގެ އިތުބާރާއި ޔަޤީންކަން އޮތް މިންވަރު ދެނެގަނެ، އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރަންޖެހޭ ކަންކަން މި ދިރާސާގެ އަލީގައި ދެނެގަތުމެވެ. މި ދިރާސާގެ އަލީގައި ޤާނޫނު ތަންފީޒުކުރުމުގެ ދާއިރާތަކަކީ ހާމަކަންބޮޑު، ނަޒާހާތްތެރިކަމާއި އާންމުންގެ އިތުބާރު އިތުރުކުރުމަށް މަގުފަހިވެގެންދާނެއެވެ. 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ކުރިޔަށް ގެންދާ މި ދިރާސާގެ މަސައްކަތްތައް މި ހިނގާ 2026 ވަނަ އަހަރުގެ ތެރޭގައި ނިންމުމަށް ކޮމިޝަނުން ދަނީ މަސައްކަތްކުރަމުންނެވެ. 

ފިިލްޓަރކުރުމަށް:

ޕީޕީ.އެމް/ޕީ.އެންސީގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް މި ކޮމިޝަނާ ހިއްސާކުރުން

ޝާއިޢުކުރި ތާރީޚް: 09 ޖަނަވަރީ 2023

ވިސުލްބުލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް އަހުލުވެރި ކުރުމުގެ ސެޝަން

ޝާއިޢުކުރި ތާރީޚް: 02 އޮކްޓޯބަރު 2022

އެންޓި ޓޯޗަރ އެކްޓް' އަށް އަހުލުވެރިކުރުމުގެ ސެޝަނެއް ކޮމިޝަންގެ މުވައްޒަފުންނަށާއި މެންބަރުންނަށް އަމާޒުކޮށްގެން ހިންގައިފި'

ޝާއިޢުކުރި ތާރީޚް: 02 އޮކްޓޯބަރު 2022

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބ. އޭދަފުށީ ޕޮލިސް ސްޓޭޝަނަށާއި ބ. ދަރަވަންދޫ ޕޮލިސް ޑެސްކަށް ޒިޔާރަތްކޮށް، އެ ދެ ރަށުގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ހިންގައިފި

ޝާއިޢުކުރި ތާރީޚް: 02 އޮކްޓޯބަރު 2022

default image

ކޮވިޑް-19 އާ ގުޅިގެން ކޮމިޝަނުގެ ޚިދުމަތް ހޯދުމުގެ އިންތިޒާމް ހަމަޖެހިފައިވާ ގޮތް

ޝާއިޢުކުރި ތާރީޚް: 17 މާރިޗު 2020