ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާ އެކު ބައްދަލުވުމެއް ބާއްވައިފި
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެން.އައި.ސީ) ގެ އިސްވެރިން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ (އެފް.ޕީ.އޭ) އާ އެކު 19 ޖުލައި 2026ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
ކޮމިޝަނުގެ އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ ދެ މުއައްސަސާ ތައާރަފުވުމާއި، މަސައްކަތްތައް ހިނގަމުންދާ ގޮތް އޮޅުންފިލުވުމާއި، ގާނޫނީ ޒިންމާ އަދާކުރުމުގައި އެއްބާރުލުން ދެވޭނެ ގޮތްތަކެއް ދެނެގަތުމެވެ.
ބައްދަލުވުމުގައި ދެ މުއައްސަސާގެ މަސައްކަތުގެ ދާއިރާގައި ހުރި އެއްގޮތް ކަންތައްތަކާއި، ގުޅިގެން ކުރިއަށް ގެންދެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކޮށްފައެވެ. ވަކިން ޚާއްސަކޮށް، ގެވެށި އަނިޔާ ހުއްޓުވުމުގެ ގާނޫނާއި އެހެނިހެން ގާނޫނުތަކާ ގުޅުންހުރި މައްސަލަތަކުގައި ތަންފީޒީ އިދާރާތަކުން ޢަމަލުކުރާ ގޮތްތައް ހަރުދަނާކުރުމަށް މަސައްކަތްކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މީގެ އިތުރުން، މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ތަމްރީނު ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް ދެ މުއައްސަސާގެ މެދުގައި ހިޔާލު ބަދަލުކުރެވުނެވެ.
މިފަދަ ބައްދަލުވުންތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ، ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ދެ މުއައްސަސާއިންވެސް ގަބޫލުކުރެއެވެ.