ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ޚަބަރު މީޑިއާއަށް މަޢުލޫމާތު ހިއްސާކުރުމާގުޅޭ ޚާއްޞަ ދަންނަވާލުން

މީޑިއާއަށް މަޢުލޫމާތު ހިއްސާކުރުމާގުޅޭ ޚާއްޞަ ދަންނަވާލުން

default image

ޝާއިޢުކުރި ތާރީޚް: 08 ފެބުރުވަރީ 2023

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މީޑިއާއަށް ފޯރުކޮށްދޭ އެންމެހާ މަޢުލޫމާތަކީ ލިޔުމުން (އީމެއިލް މެދުވެރިކޮށް) ފޯރުކޮށްދޭ މަޢުލޫމާތަށް ހެދުމަށް ނިންމައި، އެކިއެކި ކަންކަމުގައި ކޮމިޝަނުގެ ފަރާތުން މިޑިއާތަކަށް ފޯރުކޮށްދޭ މަޢުލޫމާތު ބަދަލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި މީޑިއާ އަށް ހާއްސަކޮށް އީމެއިލް އެޑްރެސް އެއް މިހާރުވަނީ ތަޢާރަފް ކުރެވިފައެވެ. މި އީމެއިލް އެޑްރެސްއަކީ [email protected] އެވެ. މިގޮތަށް ނިންމުމާގުޅިގެން، ކޮމިޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން މީޑިއާތަކުން ހޯދަން ބޭނުންވާ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދެވޭނީ މީޑިއާތަކަށް މަޢުލޫމާތު ބަދަލުކުރުމުގެ ވަސީލަތެއްގެ ގޮތުގައި އުފައްދާފައިވާ އިސްވެ ދެންނެވުނު އީމެއިލްއަށް މެއިލްކުރުމުން ލިޔުމުން ކަމުގައި ދަންނަވަމެވެ.

ވީމާ، ކޮމިޝަންގެ މަސައްކަތާ ގުޅޭގޮތުން މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ މީޑިއާތަކުން، މިގޮތުގެމަތިން ޢަމަލުކުރަންވަމުން ގެންދެވުން އެދެމެވެ.