ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

ޚަބަރު ޔޫއެސް ޑިޕާރޓްމެންޓް އޮފް ޖަސްޓިސްއާއިއެކު ބޭއްވުނު ބައްދަލުވުން

ޔޫއެސް ޑިޕާރޓްމެންޓް އޮފް ޖަސްޓިސްއާއިއެކު ބޭއްވުނު ބައްދަލުވުން

ޝާއިޢުކުރި ތާރީޚް: 02 މާރިޗު 2023

ޔޫއެސް ޑިޕާރޓްމެންޓް އޮފް ޖަސްޓިސްއާއިއެކު 2 މާރޗް 2023 ގައި މި ކޮމިޝަނުގައި ބޭއްވި ބައްދަލުވުމުގައި ކޮމިޝަންގެ މަޤްސަދާއި މި އަހަރުގެ ލަނޑުދަނޑިތަކާއި، ކޮމިޝަނުން މައްސަލަ ބަލަމުންދާ ގޮތްތަކާއި މައްސަލަތައް ބެލުމުގައި ދިމާވާ ދަތިތައް ހިއްސާކުރެވިގެންދިޔައެވެ. އަދި މި މައްސަލަތައް ހައްލުކުރުމުގައި ކުރެވިދާނެ ކަންތައްތަކާއި ބެހޭ ގޮތުން ވާހަކަ ދެކެވި ކުރިމަގުގައި ކޮމިޝަންގެ މުވައްޒަފުން ތަމްރީން ކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. މި ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުންނާއި ޔޫއެސް ޑިޕާރޓްމެންޓް އޮފް ޖަސްޓިސްގެ މެންބަރުން ބައިވެރިވެ ވަޑައިގަތެވެ.