ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

މެންބަރުން ކާނަލް (ރޓ) އަޙްމަދު ޖިހާދު

މެންބަރުގެ ތަޢާރަފު

ކާނަލް (ރޓ) އަޙްމަދު ޖިހާދު

ކޮމިޝަނުގެ މެންބަރ

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ކާނަލް ރިޓަޔާޑް އަޙްމަދު ޖިހާދު އައްޔަންކުރައްވާފައިވަނީ 2019 ނޮވެންބަރ 24ވަނަ ދުވަހުއެވެ. ކާނަލް ރިޓަޔާޑް އަޙްމަދު ޖިހާދަކީ 33 އަހަރަށްވުރެ ދިގު މުއްދަތެއްގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގައި ޚިދްމަތްކުރައްވާފައިވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. މިމުއްދަތުގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރގެ ޑެޕިއުޓީ ސަރޗް އެންޑް ރެސްކިއު ކޯޑިނޭޓަރކަމާއި، އެމްއެންޑީއެފްގެ ސެންޓްރަލް އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރ ކަމާއި، އެމްއެންޑީއެފް މާލޭ އޭރިޔާގެ ކޯސްޓްގާޑް ސްކްއަރޑްރޮންގެ ކޮމާންޑަރ ކަމާއި އަދި އެމްއެންޑީއެފް ނޮދަން އޭރިޔާގެ ޑެޕިއުޓީ ކޮމާންޑަރ އަދި އެއޭރިޔާގެ ސްކްއަރޑްރޮންގެ ކޮމާންޑަރ ކަމާއި އެމްއެންޑީއެފް ކޯސްޓްގާޑްގެ ޕްރިންސިޕަލް ޑައިރެކްޓަރ ކަންހިމެނެއެވެ. އެމްއެންޑީއެފްގެ ޚިދްމަތުގެ މުއްދަތުގެ ތެރޭގައި، ކޯސްޓުގާޑުގެ އެސިސްޓެންޓް ޑައިރެކްޓަރ ޖެނެރަލް ކަމުގެ މަގާމް ދިގު މުއްދަތަކަށް އަދާކުރައްވާފައިވެއެވެ. މީގެތެރެއިން އެއްމަގާމެއްގައި އެންމެ ގިނަދުވަހު ހުންނެވި މަގާމު ކަމުގައިވާ، ކޯސްޓް ގާޑުގެ އޮޕަރޭޝަންސް އޮފިސަރގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ތެރޭގައި މެރިޓައިމްއާގުޅޭ ހުރިހާ އޮޕަރޭޝަނެއް ހިންގާ ބެލެހެއްޓުން ހިމެނެއެވެ. މީގެ އިތުރަށް، އެމްއެންޑީއެފްގެ ޑިސިޕްލަނަރީ ކޮމިޓީ ހިމެނޭގޮތުން، ތަފާތު ކޮމިޓީތަކާއި ބޯޑުތަކުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ކާނަލް ރިޓަޔާޑް އަޙްމަދު ޖިހާދު ގިނަގުނަ ތަޖްރިބާތަކެއްވަނީ ހާސިލްކުރައްވާފައެވެ. ކާނަލް ރިޓަޔާޑް އަޙްމަދު ޖިހާދުވަނީ ރޫލް އޮފް ލޯ އެންޑް ޑިސިޕްލައިންޑް މިލިޓަރީ އޮޕަރޭޝަންސް ކޯސް ފޯރ ނޭވަލް އޮފިސަރސް ކޯހެއް ޔުނައިޓެޑް ސްޓޭޓްސްގެ ޑިފެންސް އިންސްޓިޓިއުޓް އޮފް އިންޓަރނޭޝަނަލް ލީގަލް ސްޓަޑީޒުން ފުރިހަމަކުރައްވާފައެވެ. އެޑްވާންސް ސެކިއުރިޓީ ކޯޕަރޭޝަން ކޯހެއް ޔުނައިޓެޑް ސްޓޭޓްސްގެ އޭސިއާ ޕެޝިފިކް ސެންޓަރ – ހަވާއި އިންވެސް ވަނީފުރިހަމަ ކުރައްވާފައެވެ. އެއަރފޯސް ބޭސިކް ސްޓާފުގެ ބެޗެލަރ ލެވެލްގެ ކޯހެއް، ޕާކިސްތާނުގެ އެއަރފޯސް ސްކޫލުން ފުރިހަމަކުރައްވާފައެވެ. އަދި މާސްޓަރސް އިން ނޭވަލް ސްޓާފް ހައްދަވާފައިވަނީ، ބަންގްލަދޭޝްގެ ޕްރިސްޓިޖަސް ޑިފެންސް ސަރވިސް ކޮމާންޑް އެންޑް ސްޓާފް ކޮލެޖްއިންނެވެ. މިއާއެކު، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، އިންޑިޔާ، ބަންގަލަދޭޝް، ޕާކިސްތާން، މެލޭޝިޔާ ފަދަ ގައުމުތަކުން ލީޑަރޝިޕް އަދި ނޭވަލް ތަމްރީން އަދި ހާއްސަކޮށް ނޭވަލް ވެޕަންސް އާއިބެހޭ ގިނަ ތަމްރީންތަކެއްވަނީ ހައްދަވާފައެވެ. ކާނަލް ރިޓަޔާޑް އަޙްމަދު ޖިހާދަށް ލިބިވަޑައިގެންފައިވާ، މެޑެލް ތަކުގެ ތެރޭގައި، 3 ނޮވެމްބަރ (ނަސްރުގެ ދުވަސް) ގެ މެޑަލް، ޑެޑިކޭޓެޑް ސަރވިސް މެޑެލް،ޕްރެޒިޑެންޝަލް މެޑަލް، އެމްއެންޑީއެފް ސަރވިސް މެޑެލް، ގުޑް ކޮންޑަކްޓް މެޑެލް ހިމެނެއެވެ.

އިތުރު މެންބަރުން