ރަސްމީ ގަޑި: އާދީއްތަ - ބުރާސްފަތި: 08:00 - 14:00

މެންބަރުން އަލްއުސްތާޛާ ޢާޝިޔަތު ޝިޢުނާ

މެންބަރުގެ ތަޢާރަފު

އަލްއުސްތާޛާ ޢާޝިޔަތު ޝިޢުނާ

ކޮމިޝަނުގެ ނައިބު ރައީސް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އަލްއުސްތާޛާ އާޝިޔަތު ޝިޢުނާ އައްޔަންކުރައްވާފައިވަނީ 2020 އޮކްޓޯބަރ 26ވަނަ ދުވަހުއެވެ. މިތާރީޚުގައި އަލްއުސްތާޛާ އާޝިޔަތު ޝިޢުނާ ވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނާއިބް ރައީސްގެ މަގާމަށްވެސް އައްޔަންކުރައްވާފައެވެ. އަލްއުސްތާޛާ އާޝިޔަތު ޝިޢުނާއަކީ، 18 އަހަރަށްވުރެ ގިނަދުވަހު ޚިދްމަތްކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން، 1999 ވަނަ އަހަރުން ފެށިގެން 2004 ވަނަ އަހަރާ ހަމައަށް މިނިސްޓްރީ އޮފް ހިއުމަން ރިސޯސަސް، އެމްޕްލޯއިންމަންޓް އެންޑް ލޭބަރގައި މަސައްކަތް ކުރައްވާފައެވެ. އަދި 2004 އިން ފެށިގެން 2016 ގެ ނިޔަލަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގައި މަސައްކަތްކުރައްވާފައިވެއެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް އަލްއުސްތާޛާ އާޝިޔަތު ޝިޢުނާ އައްޔަންކުރެއްވުމުގެ ކުރިން ކޮންޓްރެކްޓް އުސޫލުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ތަޙުޤީޤު ކޮމިޓީތަކުގެ މެމްބަރެއްގެ ހައިސިއްޔަތުން 1 އަހަރު މަސައްކަތް ކުރައްވާފައިވެއެވެ. އަލްއުސްތާޛާ އާޝިޔަތު ޝިޢުނާ އަކީ ބެޗެލަރ އޮފް ލޯސް އިން ފުރަތަ ޑިގްރީ ހާސިލްކުރައްވާފައިވާ، ތަޙުޤީޤުކުރުމުގެ ދާއިރާގައި ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ތަފާތުގިނަ ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވާ ބޭފުޅެކެވެ.

އިތުރު މެންބަރުން